ކަރަންޓް މީޓަރެއް. ފޮޓޯ/ ދަ އެކްސްޕްރެސް ޓްރައިބިއުން---
ދުނިޔެ
30 Jun 2025 | 10:53
ސްމާޓް މީޓަރާއެކު ޕާކިސްތާނުގައި ކަރަންޓް ބިލަށް ވާނުވާ ނޭނގުން ނިމުމަކަށް

ޕާކިސްތާނުގެ ސަރުކާރުން އައު ޕަވަރ ސްމާޓް މޯބައިލް އެޕެއް، އަޕްނާ މީޓަރ، އަޕްނީ ރީޑިންގ ގެ ނަމުގައި ތަޢާރަފްކޮށްފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން މި އެޕް އެ ޤައުމަށް ތަޢާރަފްކުރުމުގެ މައިގަނޑު އެއް މަގުސަދަކީ، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަރަންޓް ބިލް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށް ދިނުމާއި، މަހުން މަހަށް މީޓަރު ކޮންޓްރޯލްކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމެވެ. 

ފާހަގަކޮށްލަންޖެހޭ ގޮތުގައި މި އެޕަކީ އެ ޤައުމުގެ ފެނާއި ކަރަންޓާއި ބެހޭ ވަޒީރު އަވައިސް އަޙްމަދު ޚާންގެ ލީޑަރޝިޕްގައި، ޕަވަރ ޑިވިޝަނުން އުފައްދާފައިވާ އެޕެކެވެ. މި އެޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އެވެ.

ޕާކިސްތާނުގެ ފެނާއި ކަރަންޓާއި ބެހޭ ވަޒީރު އަވައިސް އަޙްމަދު ޚާން ވިދާޅުވެފައިވާ ގޮތުގައި މި އޮޕް ތަޢާރަފްކޮށް މިފަދަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމާފައިމިވަނީ އޯވަރބިލް ކުރުމާއި، ރީޑިންގ ލަސްވުން ނުވަތަ ރީޑިންގ ތެދު ނުވުންފަދަ މައްސަލަތަކުން ދުރުހެލިވުމަށްޓަކައެވެ. 

30 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ތިން ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށް ފެނާއި ކަރަންޓާއި ބެހޭ ވަޒީރު ވަނީ އެޑްވާންސްޑް މީޓަރިން އިންފްރާސްޓްރަކްޗަރ ޕާކިސްތާނުގައި ތަޢާރަފްކޮށް އިންވެސްޓް ކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނަށް ދަޢުވަތު ދެއްވާފައެވެ.

ޕާކިސްތާނުގެ ފެނާއި ކަރަންޓާއި ބެހޭ ވަޒީރު އަވައިސް އަޙްމަދު ޚާން އިތުރަށް ވިދާޅުވީ މި އެޕްއަކީ ސަބްސިޑައިޒްޑް ކަސްޓަމަރުންނަށް ފައިދާ ހުރި އެޕައަކަށް ވެގެން ދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އެތަކެއް ފަސޭހަތަކެއް ޕާކިސްތާނުގެ ރައްޔިތުންނަށް ފަހިކޮށްދޭނެ ކަމަށެވެ.

ކޮމެންޓް
ބަނާނާ
މިމީޓަރ ރާއްޖެއަށް މުހިންމު.
30 Jun 2025
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.