ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު މުއްޠަލިބާއި ރައީސް މުޢިއްޒު ބައްލަވާލައްވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Jun 2025 | 12:20
މުއްޠަލިބު، މެންބަރު ކުޑޫއަށް: ފުލެޓް ނުދެވެނީ މަސައްކަތް ނުނިމޭތީ، ހަގީގަތާ ޚިލާފް ވާހަކަތައް ނުދައްކަވާ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ  ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓު ނުދެވި ލަސްވަނީ އެ ފުލެޓް ތަކުގެ މަސައްކަތް ނުނިމޭތީ ކަމަށާ، އެކަމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ހައުސިން މިިސްޓަރު ޑރ. އަބްދުالله މުއްތަލިބް އިލްތިމާސްކުރައްވައިފިއެވެ.

ފުލެޓު ދިނުން ލަސްވާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. 

އެ ކުއްލި މައްސަލައިގައި ވަނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާތީ އެ ފްލެޓްތައް ލިބޭ މީހުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ.

އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމާއި ކުށުގެ މާހައުލަށް ލެނބިގެން ދިޔުމާއި އަދި އެހެނިހެންވެސް އިޖުތިމާއީ އެތަކެއް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލު ކަމަށް ފާހަގަކުރައްވައި ފްލެޓް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވެ އިޖުތިމާއީ މައްސަލަތައް އިތުރުވަމުން ދާނެކަމަށް މައްސަލާގައި ބުނެފައިވެއެވެ. 

މިކަމާ ގުޅިގެން މުއްތަލިބް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ޚައްސާސް މައްސަލަތަކާއި ގުޅިގެން ހަގީގަތާ ޚިލާފް ޚަބަރު ނުފެތުރުމަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ވަރަށް ގިނަފަހަރު ދަންނަވައިފައި ވާނީ ފްލެޓު ހަވާލު ނުކުރެވެނީ މަސައްކަތް ނުނިމޭތީ ކަމަށް އަދި ޖުލައި މަހުން ފެށިގެން މި މަސައްކަތް ނިމޭވަރަކުން ފްލެޓު ހަވާލުކުރަމުން ގެންދާނެ ކަމަށް. މަސައްކަތް ކުރަނީ ކުރިއަށް އޮތް ހަފުތާތަކުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އެފްޑީސީއާއި މިނިސްޓްރީ ގުޅިގެން ފަށަން،" ވަޒީރު މުއްތަލިބް ވިދާޅުވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މެންބަރު ކުޑޫ ހުށަހެޅުއްވި މައްސަލަ އަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ މައްސަލައެއް ކަމަށް ވިދާޅުވެ މައްސަލަ ބޭރުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.