ރަސްމާދޫ ފުޓްސަލް ދަނޑު...
ކުޅިވަރު
01 Jul 2025 | 00:23
9 ޓީމާއެކު ރ.ވެޓަރަންސް ފުޓްސަލް ޗެލްންޖް 2025 މިއަދު ފަށަނީ

ރަސްމާދޫ ކައުންސިލާއި ރަސްމާދޫ ޑިވޮލަޕްމަންޓް އެސޯސިއޭޝަން (އާރުޑީއޭ) ގުޅިގެން ބާއްވާ "ރ. ވެޓަރަމްސް ފުޓްސަލް މުބާރާތް 2025" މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު 16:30 ކުޅޭ ފުރަތަމަ މެޗުގައި ދުވާފަރާއި ހުޅުދުއްފާރު ވާދަކުރާއިރު، މިރޭ 20:00 ގައި ފަށާ ދެވަނަ މެޗުގައި ރަސްމާދޫ އިން ނުކުންނާނީ ރަސްގެތީމާއި ދެކޮޅަށެވެ.

01 ޖުލައި 2025 އިން 10 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ ދުވާފަރު، ހުޅުދުއްފާރު، ރަސްމާދޫ، ރަސްގެތީމު އަދި މަޑުއްވަރީ އެވެ. އަދި ގުރޫޕް ބީގައި ހަތަރު ޓީމު ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ އިންނަމާދު، އިނގުރައިދޫ، މީދޫ އަދި މާކުރަތު އެވެ. 

މީގެ އިތުރުން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތަކީ ރ.އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި 39 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

ނަމަވެސް މުބާރާތް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ އެއްކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި އަހަރުގެ މުބާރާތުގެ ގޯލްޑް ސްޕޮންސަރ އެެއްގެ ގޮތުގައި އެމްޕީ އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވާއިރު، ބްރައުންޒް ސްޕޮންސަރ އަކަށް މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލް އިދާރާ ވަނީ ހަމަޖައްސާފައެވެ. 

މީގެ އިތުރުން މުބާރާތުގެ މިނީ ސްޕޮންސަރުންގެ ގޮތުގައި ހިލް މާޓް ފުލަސް، ފިޝިން ވޮލެޓް ހިމެނޭއިރު، މުބާރާތުގެ ސަޕޯޓް ސްޕޮންސަރުންނަކީ ދަ ބޫޓް ރޫމް، ޓްރީ ހައުސް، އެލަންޒާ މޯލްޑިވްސް، އަހުރާ ޕްލަސް އަދި ލިންކް ސާވިސް އެވެ. 

މުބާރާތުގެ ކިޓް އެންޑް ޕްރިންޓިންގ ޕާޓްނަރަކަށް އައިރާ ގާމެންޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޕާޓްނަރަކީ ލޭޔާ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.