އަލީ ހާލިދުމެން ގެއިން ވައްކަން ކުރި ދެ މީހުން އަދި ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --
ހަބަރު
03 Jul 2025 | 15:00
އަލީ ހާލިދުގެ ގެއިން ބޮޑު ވައްކަމެއް، އިސް ވަގު ނުފެނޭ

މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައި ހުންނެވި ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ ގެއިން ވައްކަން ކުރި މީހުން ހޯދަން އާންމުންގެ އެހީއަށް އޭނާ އެދިއްޖެ އެވެ.

ތިން މީހުންގެ ގުރޫޕަކުން އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް އާންމުކޮށް އަލީ ބުނީ އޭނާގެ ގެއަށް ވަގުން ވަދެފައި ވަނީ އާދިއްތަ ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ފޮޓޯ ވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ. އެއީ އެ ގެއަށް ވަދެ ވަގަށް ތަކެތި ނެގުމަށް ފަހު ވިއްކަން އުޅުނު ދެ މީހުންނެވެ. އަލީ ބުނި ގޮތުގައި އޭނާގެ ގެއިން 40,000 ރުފިޔާގެ ސާމާނު ވަނީ ވަގަށް ނަގާފަ އެވެ.

އޭގެ ތެރޭގައި އައިފޯނަކާއި ދެ ލެޕްޓޮޕާއި ޓެބްލެޓަކާއި އައިނާއި ސެންޓް ވެސް ހިމެނެ އެވެ. އެ ތަކެތި ދަބަހަކަށް އަޅައިގެން ވަގުން ނިކުގެންދެ އެވެ.

މި މައްސަލާގައި ހިމެނޭ ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ އެ ގެއިން ވަަގަށް ގެންދިޔަ އައިފޯން ޓްރާސްކޮށްގެންނެވެ. އޭރު އެ މީހުން ތިބީ ވަގަށް ނެގި ބައެއް ތަކެތި ވިއްކާށެވެ. އަލީ ބުނި ގޮތުގައި ވައްކަމުގައި އިސްކޮށް އުޅުނު މީހާ އަދި ނުހޯދެ އެވެ.

އެހެން ކަމުން އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ. އޭނާ ބުނީ އެ މީހުން އެގެއިން ވައްކަން ކުރީ ވަރަށް ރާވައިގެން ކަމަށެވެ. އެ މީހުން ތިބީ ފިންގަޕްރިންޓް ވެސް ނާރާނެ ގޮތަށް އަތަށް އަންގި ލައްވައިގެންނެވެ.

މި މީހުންނަކީ ކުށުގެ ވެށީގަައި އުޅޭ ވަަރަށް ގިނަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށް އެނގިފައިވާ ކަމަށް ވެސް އަލީ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.