ދިވެހި ޒުވާން ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން ޗައިނީސް ޓައިޕޭގެ ކުޅުންތެރިންނާއެކު..
ކުޅިވަރު
03 Jul 2025 | 16:26
ފަސޭހަކަމާއެކު ޗައިނީސް ޓައިޕޭ ބަލިކޮށް ދިވެހި ޓީމު ފައިނަލުން ޖާގަ ހޯދައިފި

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި 61-39 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗައިނީސް ޓައިޕޭ ބަލިކޮށް ދިވެހި ޒުވާން ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ދިވެހި ޓީމު ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އަށް ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ޗައިނީސް ޓައިޕޭ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.  އަދި މިދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 51-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހި ޓީމުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓަރ ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު 11-14 ގެ ނަތީޖާއަކުން ޗައިނީސް ޓައިޕޭ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ރާއްޖެ ޓީމުން 18 ޕޮއިންޓް ހޯދައި މެޗުގެ ލީޑު ހޯދިއިރު، މިކުއާޓާގައި ޗައިނީސް ޓައިޕޭއަށް ސްކޯކުރެވުނީ 11 ޕޮއިންޓެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ދިވެހި ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރުކޮށްފައެވެ. އަދި މިއުކާޓާގައި ދިވެހި ޓީމުން އިތުރު 17 ޕޮއިންޓް ހޯދިއިރު، ޗައިނީސް ޓައިޕޭއަށް ސްކޯކުރެވުނީ އަށް ޕޮއިންޓެވެ. އަދި މެޗުގެ ފަހު ކުއާޓާގައި ރާއްޖެއިން އިތުރު 15 ޕޮއިންޓް ހޯދިއިރު، ޗައިނީސް ޓައިޕޭއަށް މިކުއާޓާގައި ސްކޯކުރެވުނީ އަށް ޕޮއިންޓެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 22 ޕޮއިންޓްގެ ލީޑަކާއެކު 39-61 ގެ ތަފާތުބޮޑު ނަތީޖާއަކުން ދިވެހި ޒުވާން ޓީމު ކުރީގައި އޮވެގެންނެވެ. 

މިއަހަރުގެ މުބާރާތުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އެގާރަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖެ ހިމެނުނީ، ދެކުނު ކޮރެއާ، ޖަޕާން، ޗައިނީސް ޓައިޕޭ އަދި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ 

މިމުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިމުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ