ފެނަކަ އޮފީސް..
ހަބަރު
05 Jul 2025 | 11:13
2023 ވަނަ އަހަރު ފެނަކައަށް ލިބުނު ގެއްލުން 800 މިލިއަނަށްވުރެ ބޮޑު: އޮޑިޓް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އަހަރު ފެނަކައަށް 800 މިލިއަން ރުފިޔާއަށްވުވެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އެކުންފުނީގެ މާލީހިސާބުތަކުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަނުގެ 2023 ވަނަ އަހަރުގެ މާލީހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު ފެނަކައިން ކުރި މާލީ މުއާމަލާތްތަކަށް އެކަނިވެސް ވަނީ، 811.2 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މާލީބަޔާނަށް ބަލާއިރު 2022 ވަނަ އަހަރު ފެނަކައަށް ލިބުނު ގެއްލުން އުޅެނީ، 418.8 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 392.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފެނަކައިގެ މާލީބަޔާނަށް ބަލާއިރު، 2023 ވަނަ އަހަރު އެކުންފުނީގެ އިދާރީހިންގުމުގެ ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އޭގެ ކުރީ އަހަރު އިދާރީ ހަރަދުތައް ހުރީ، 1.2 ބިލިއަން ރުފިޔާގައެވެ. ފެނަކައިގެ ހަރަދުތައް އެއަހަރު އެހާބޮޑަށް އިތުރުވެފައިވަނީ، އިންތިހާބު ދުވަސްވަރާދިމާކޮށް ގިނަ އަދަދެއްގެ ފަރާތްތަކަށް ވަޒީފާތައް ދިނުމުންކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

2023 ވަނަ އަހަރު ފެނަކައިގެ އާމްދަނީ:

- އާމްދަނީ: 2.2 ބިލިއަން ރުފިޔާ

- ވިޔަފާރިތަކުގެ ކަރަންޓްބިލުން: 219.5 މިލިއަން ރުފިޔާ

- ގޭބިސީތަކުގެ ކަރަންޓްބިލުން: 701.5 މިލިއަން ރުފިޔާ

- ސަރުކާރުގެ އިދާރާތަކުގެ ބިލްތަކުން: 380.6 މިލިއަން ރުފިޔާ

- ފެން ވިއްކައިގެން: 60 މިލިއަން ރުފިޔާ

- އައިސް ވިއްކައިގެން: 13.5 މިލިއަން ރުފިޔާ

- ކަރަންޓާއި ފެންބިލްތަކުގެ ޖޫރިމަނާއިން: 46.1 މިލިއަން ރުފިޔާ

2023 ވަނަ އަހަރު ފެނައިކައިގެ ހަރަދުތައް:

- ޑީސަލް ގަތުމަށް: 1.03 ބިލިއަން ރުފިޔާ

- އަޑީތެއޮ ގަތުމަށް: 35.1 މިލިއަން ރުފިޔާ

- ސްޕެއާ ޕާޓްސް ގަތުމަށް: 76 މިލިއަން ރުފިޔާ

- ސަބް ކޮންޓްރެކްޓަރުންގެ ހަރަދުތަކަށް: 264.1 މިލިއަން ރުފިޔާ

2023 ވަނަ އަހަރު މުއައްޒަފުންގެ ހަރަދުތައް:

- މުއައްޒަފުންގެ މުސާރަ: 348.3 މިލިއަން ރުފިޔާ

- އޯވަރ ޓައިމް: 35.9 މިލިއަން ރުފިޔާ

- މުއައްޒަފުންގެ ޕެންޝަނަށް: 29.3 މިލިއަން ރުފިޔާ

- ސާވިސް އެލަވަންސް: 151.6 މިލިއަން ރުފިޔާ

- އެހެނިހެން އެލަވަންސް: 235.3 މިލިއަން ރުފިޔާ

ފެނަކައިން އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު 3.8 ބިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން އެންމެ އެންމެ ގިނަ އަދަދެއް ދައްކަންހުރީ ކުރި ވިޔަފާރިން ދައްކަންހުރި އަދަދެވެ. ޓްރޭޑް ޕޭއަބަލްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 3 ބިލިއަނަށްވުރެ މަތީގައި އުޅޭއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދަކީ ތެއޮ ބިލްތަކަށް ދައްކަންޖެހޭ ފައިސާއެވެ. 

ފެނަކައަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނިބޮޑު ކުންފުންޏެވެ. ފެނަކައިގެ ދަރަނީގެ ހާލަތު އެހާބޮޑަށް ގޯސްވެފައިވަނީ މީގެ ކުރިން ކުންފުނި ހިންގުމުގައި އަމަލުކޮށްފައިވާ ހަރަދުބޮޑު އިންތިޒާމުތަކުގެ ސަބަބުންކަމަށް އަދުގެ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ