ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް
ހަބަރު
05 Jul 2025 | 15:01
ބިގުން މީރާއަށް ޓެކްސްގެ ގޮތުގައި އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ޓެކްސްގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ބިގުންދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ނުދައްކައިގެން އެ މައްސަލަ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މީރާއިން ކޯޓަށް ހުށަހަޅާފައިވަނީ ބިގުން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 1،023،561.04 ރުފިޔާ ހޯދުމަށެވެ.

ޝަރިއަތުގައި ބިގުން ވަނީ އެ ފައިސާއަކީ އެކުންފުނިން ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. މި މައްސަލާގެ ހުކުމްގައި ސިވިލްކޯޓުން ބިގަށް އަންގާފައިވަނީ، މިހިނގާ ޖުލައިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ފަސް މަހުގެ މުއްދަތުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

ދައުލަތަށް ޓެކްސް ނުދައްކާ މައްސަލާގައި މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން އިޖާބަ ނުދީފިނަމަ މީރާއިން ދަނީ އެކުންފުންޏެއްގެ މައްސަލަ ކޯޓަށް ވައްދައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަމުންނެވެ. މީރާއިން މިދިޔަ އަހަރު އެކަނިވެސް ޓެކްސް ބަޔާން ހުށަހެޅުމަށް ވަނީ 52،158 ފަރާތަކަށް ނޯޓިސް ފޮނުވާފައެވެ. އޭގެ ތެރެއިން އިޖާބަ ދީފައިވަނީ 4،311 ފަރާތުންނެވެ. މިދިޔަ އަހަރު ޝަރުއީ މަރުހަލާގެ ތެރެއިން 55 މައްސަލަ މީރާއާ އެއްކޮޅަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.