އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ފޯމު ހުށަހަޅުއްވަނީ: ފޮޓޯ/ މީސްމީޑިއާ
ކުޅިވަރު
06 Jul 2025 | 12:45
ހުރިހާ ކްލަބެއްގެ ތާއީދާއެކު އެފްއޭއެމްގެ ރައީސް ކަމަށް ޠާރިޤު ކުރިމަތިލައްވައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގެ މަޤާމަށް، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ކުރިމަތިލައްވައިފި އެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ޓޮމް ކުރިމަތިލެއްވީ އެފްއޭއެމްގެ މެމްބަރު 23 ކުލަބުގެ ތާއީދާ އެކު އެވެ. 

މިކަމާއި ގުޅިގެން މީސްމީޑިއާގައި ޓޮމް ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ، ރައީސް ކަމަށް އިންތިޚާބް ވެއްޖެނަމަ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ.

ޓޮމްގެ އެކްސްކޯ މެންބަރުން:

1- ރައީސް: އަހްމަދު ތާރިޤް

2- ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)

3- ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)

4- ވީޕީ: މުޖުތަބާ ޖަލީލް (ނިއު)

5- އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)

6- މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)

7- އަޙްމަދު އައްބާސް (ޓީސީ)

8- އަލީ ރިޒްވާން (ބީޖީ)

9- އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު

10 އަންހެން މެންބަރު: ހައްވާ ރަޝީދާ

11- އަބްދުالله ނާސިޙް (އޮޑި)

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމުގެ މުއްދަތު މިއަދު ހަމަވާއިރު ޓޮމް ފިޔަވައި އިތުރު މީހަކު ފޯމު ހުށަހެޅުއްވިކަން އަދި އިއުލާނު ކުރައްވާފައި ނުވެއެވެ. އަދި ޓޮމް، ހުރިހާ ކްލަބެއްގެ ތާއީދާ އެކު ކުރިމަތިލުމުން ދެން އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއްވެސް ނޯންނާނެއެވެ.

ޓޮމް ގެ އިތުރުން މީގެ ކުރިން އިއުލާން ކުރެވުނު ދެފަހަރު އެ މަގާމަށް ކުރިމަތިލެއްވި ބައްސާމަށް ދެން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް އެފްއޭއެމްގެ ގަވާއިދު މިހާރު ވަނީ ބަދަލު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.