ވަޒީރު މުއްޠަލިބު: ފޮޓޯ/ ހައުސިން މިނިސްޓްރީ
ހަބަރު
07 Jul 2025 | 10:46
ގޯތި އެއްބަސްވުމަށް ބަދަލު ގެނެވުނީ، ޤާނޫނާ ފުށުއަރާތީ: ޑރ. މުއްޠަލިބު

ގޯތި އެއްބަސްވުމަށް ބަދަލު ގެނެވުނީ، ކުރިން ހަދާފައިވާ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މުއްޠަލިބު މިހެން ވިދާޅުވީ ގުޅީފަޅުން ދޫކޮށްފައިވާ ގޯތީގެ އައު ރަޖިސްޓަރީ އާއި އެކު ދޫކުރާ އެއްބަސްވުމުގައި "ނުރައްކާތެރި" ބަދަލުތަކެއް ހިމަނާފައިވާ ކަމަށްބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާއި ގުޅިގެނ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ. 

އަދި ބިިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ ގާނޫނުގެ އެ މާއްދާތައް މީސްމީޑިއާގައި ހިއްސާވެސް ކުރައްވާފައެވެ. 

އޭގައި ވާގޮތުން، ިދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށެވެ.

އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް، އެއްރަށަކުން، ދިރިއުޅުމަށް އެއްގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށާ، މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށްވެސް ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ. 

ނަމަވެސް، 26 ޖޫން 2022 ގައި ކުރީ ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގެ 3 ވަނަ މާއްދާގެ (ނ) ގައި މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރެޖިސްޓަރީ ވެފައި ނެތުން" ހިމެނެއެވެ.

އަދި (ރ) ގައި "މާލެ، ހުޅުމާލެ، ވިލިނގިލި) ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީ ވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއް ގޮތައް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި" ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. 

މި އުސޫލުގެ ދަށުން ކުރިން ހެދި އެއްބަސްވުމުގެ 2 ވަނަ މާއްދާ އާއި 3 ވަނަ މާއްދާގައި އޮންނަނީ "މާލެ ސަރަހައްދުން" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯއްޗެއްގެ އެއްމެދު މިލްކުވެރިންނަށް ބަދަލަކާ ނުލައި ދޫކޮށްލަން އެއްބަސްވާ ކަމަށާއި، ގޯތި ލިބޭ ފަރާތަށް ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބައި ވާރިސުންނަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އިތުރު ވާރިސެއް ނެތް ނަމަ ދައުލަތައް އެ ބައެެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެ އެއްބަސްވުން ގާނޫނާ ޚިލާފްކަން ފާހަގަކޮށް މި ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ، "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" މި ގޮތަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.