މޯލްޑިވިއަންގެ ފްލައިޓެއް: ފޮޓޯ/ ވޮއިސް---
ހަބަރު
07 Jul 2025 | 15:30
މޯލްޑިވިއަނުން މިރޭ ޗައިނާގެ ޝެންޖެންއަށް އުދުހުންތައް ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޗައިނާގެ ޝެންޖެންއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. 

މޯލްޑިވިއަނުން ޝެންޖެންއަށް އުދުހުންތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 20:20 ގައެވެ. ޝެންޖެންއަށް ކުރާ ފުރަތަމަ ދަތުރުގައި މޯލްޑިވިއަންގެ Q2 342 ފްލައިޓް އެ ސިޓީއަށްދާނީ ބެންކޮކަށް ޖައްސާފައެވެ. މޯލްޑިވިއަނުން ވަނީ ޝެންޖެންއަށް ހަފްތާއަކު އެއްދަތުރު ބޭއްވުމަށް ނިންމާފައެވެ. މި ދަތުރުތައް އޮގަސްޓްމަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ޗައިނާގެ ދެ ސިޓީއަކަށް އުދުހުންތައް ބާއްވަމުންނެވެ. އެއީ ބެއިޖިން އަދި ޝަންހާއީއެވެ. އެ ސިޓީތަކަށް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

މޯލްޑިވިއަނުން ޗައިނާގެ އިތުރު ސިޓީއަކަށް މިރޭ ދަތުރުތައް ފަށާއިރު، ޗައިނާއަކީ މިހާރުވެސް ޓޫރިޒަމުގައި ރާއްޖޭގެ އެއްވަނަ މާކެޓެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން ދިވެހިރާއްޖެއަށް 148,951 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަނުން ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް ދާދިފަހަކުން ވަނީ އެއާބަސް ވައިޑްބޮޑީ ބޯޓެއް ގެނެސްފައެވެ. މީގެ އިތުރުން މޯލްޑިވިއަނުން މިހާރުވެސް ވަނީ އެއާބަސް އިތުރު ވައިޑްބޮޑީ ބޯޓެއް ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.