ސިވިލްކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގު
ހަބަރު
07 Jul 2025 | 17:58
ޖާހު ކުންފުނިން ސިލޯނު ބޭންކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

ބޭންކް އޮފް ސިލޯނުން ނެގި އޯވަރޑްރާފްޓަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ޖާހު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ބޭންކް އޮފް ސިލޯނުން ޖާހްއަށް ދޫކުރި ޓެމްޕްރަރީ އޯވަރޑްރާފުޓް ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީވެ އެ ބޭންކުން ކުރި ދައުވާއާ ގުޅިގެންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އޯވަރޑްރާފުޓް ފެސިލިޓީއާ ގުޅިގެން އިންޓްރެސްޓާއެކު ޖުލައިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އަރާފައިވާ 2،001،310.39 ރުފިޔާ ދުވަހުން ދުވަހަށް ޗާޖްކުރާގޮތަށް އަހަރަކު 19 އިންސައްތައިގެ ރޭޓުން މިއަދުން ފެށިގެން7 ދުވަހުގެ ތެރޭގައި ބޭންކް އޮފް ސިލޯނަށް ދައްކައި ހަލާސްކުރުމަށް ޖާހުގެ މައްޗަށް އަންގާފައެވެ.

ޖާހުގެ މައްޗަށް ބޭންކް އޮފް ސިލޯނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނުއިރު، އެކުންފުނީގެ ހިއްސާދާރުން ހިމެނޭ ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ "ދަ ގާޑަންސް" ޕްރޮޖެކްޓްވެސް މިހާރުވަނީ އެހެންބަޔަކާ ހަވާލުކޮށްފައެވެ. އެޗްޑިސީން ދަ ގާޑަންސް ޓަވަރު ޖާހް އިންވެސްޓްމަންޓު އަތުން ނަގާފައިވަނީ އެތައް ތާރީހުތަކެއް ދިނުމަށްފަހުވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުންނެވެ. ދަ ގާޑަންސް ޓަވަރު ނިންމަން ހަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. 

ޖާހް އިންވެސްޓްމަންޓުން ދަ ގާޑަންސް ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.