ހުޅުމާލޭ ހުސް ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތަަކެއް ޕާކުކޮށްފައި. ފޮޓޯ/ ވޮއިސް--
ހަބަރު
07 Jul 2025 | 16:27
އާދިއްތަ ދުވަހުން ފެށިގެން 4 ފުރޮޅުލީ އުޅަނދު އެތެރެެކުރެވޭނީ ހުއްދަ ނަގައިގެން

ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ހުއްދައެއް ނެގަންޖެހޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނީ އެއްގަމު އުޅަނދުފަހަރު ރާއްޖެއަށް އެތެރެކުރުމުގެ ހާއްސަ ހުއްދައެއް ނެގުމަށްފަހުގައި ކަމަށެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން މި ހުއްދައަށް އެދި އެ ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެކަމަށް ވަނީ ބުނެފައެވެ.

ހަތަރު ފުރޮޅުލީ އުޅަނދުފަހަރު އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެތެރެކުރާ އުޅަނދު ގަރާޖުކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއާއި އުޅަނދާ ބެހޭ ލިޔެކިޔުންތައް ހުށައަޅަންޖެހެއެވެ.

ކުރިން އޮންނަގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް އެތެރެކުރާއިރު، ގަރާޖު ސިޓީއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު، 4 ފުރޮޅުލީ އުޅަނދެއް ގެނައުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާސެއް ނެތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބައްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

ގަވާއިދަށް ގެނައި ބަދަލާއެކު ދެން އުޅަނދެއް ރަޖިސްޓްރީކޮށްދޭނީ، މިނިސްޓްރީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށްފެތޭ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުންވެސް ހުށަހެޅުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.