30 May 2019 | 14:20
އިންޑިއާ ސިފައިން ކަޝްމީރު މުސްލިމުންނަށް ހަމަލާދީ ޒުވާނަކު ޝަހީދުކޮށް 90 މީހުން ޒަހަމް ކޮށްލައިފި

އިންޑިއާގެ އަސްކަރީ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ގައި އިންޑިއާ ސިފައިން އެންމެ ފަހުން ދިން ހަމަލާ ތަކުގައި ޒުވާނަކު ޝަހީދުވެ 98 ވުރެ ގިނަ ކަޝްމީރީ މުސްލިމުން ޒަހަމް ކޮށްލައިފިއެވެ.

އިންޑިއާއިން މިހަމަލާ ދިފައިވަނީ އިންޑިއާ ސިފައިން ބޭނުން ވަގުތެއްގައި ގެތަކަށް ވަދެ ފާސް ކޮށް ގޭތެރޭގައި ތިބޭ މީހުންނަށް (އަންހެނުންނާއި ކުޑަ ކުދިން) ޖެއްސުން ކުރާކަމަށް ބުނެ އެކަމާއި ދެކޮޅަށް ކުލްގަމް އަދި ޝޯފިޔާ ގައި މުސްލިމް ފިރިހެނުން ނިކުމެ އަޑު އުފުލަން ފެށުމުންނެވެ.

އިންޑިއާ ސިފައިން ވަނީ އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި އެމީހުންނާއި ދިމާލާ ލައިވް ވަޒަނުގައި ބަޑި ޖަހައި ކަރުނަ ގޭސް އުކާފައިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އެކަކު ޝަހީދުވެ ބާރަ ވަަކަށް މީހުން ގަޔަށް ވަޒަން އަރައި ބޮޑެތި ޒަހަމްތައް ވިއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ވަނީ އެ އެއްވުން ރޭވި ކަމަށް އެމީހުން ތުހުމަތު ކުރާ މީހާގެ ގޭގައި ރޯކޮށް އެގެ އަންދާލާފައިއެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިން މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި މާރާމޭރީތައް ދެނެގަތުމަށް އ.ދ މިދިޔަ މަހު އެކަމާއި ބެހޭ މައުލޫމާތައް އެދި އިންޑިއާ އަށް ވަނީ ހުށައަޅާފައިއެވެ. އެހެން ނަަވެސް އެ މައުލޫމާތު ދިނުމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދައި ފައިއެވެ. އަދި އ.ދ މަންދޫބުން ކަޝްމީރަށް ދިއުމުގެ ހުއްދަ ދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ދެކޮޅު ހަދާފައިއެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން 2018 ވަނަ އަހަރު ކަޝްމީރުގައި އެކަނިވެސް އިންޑއާއިން ވަނީ 355 މުސްލިމުން ޝަހީދު ކޮށްފައި އެވެ. މިއީ 2018 ވަނަ އަހަރު ފަލަސްތީނުގައި އިސްރާއީލުން ޝަހީދު ކޮށްލި މުސްލިމުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.