އަންހެން ހެދުން އަޅައިގެން މީސް މީޑިއާގައި ޕޯސްޓުތައް ކުރާ ޔާޔާ ނަބީލް
ހަބަރު
07 Jul 2025 | 18:36
ޔާޔާގެ ހުކުމް؛ 22 އަހަރާއި ނުވަ މަހަށް ޖަލަށް، އެއްލައްކައިން ޖޫރިމަނާ

އަންހެނެއްގެ ސިފަ ޖެހިގެން މީސްމީޑިއާގައި ފާހިޝް ކަންކަމާއި ހުތުރު ވާހަކަތައް ދައްކަމުން އައި ގ. ކަމަރާގެ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މިއީ ނޮވެންބަރު 29, 2017 ގައި އޭނާގެ މައްޗަށް އުފުލާފައި އޮތް ދައުވާ އެކެވެ. އޭނާގެ އިތުރުން ހދ. ކުޅުދުއްފުށި ބިޗާން, އާދަމް މުހައްމަދުގެ މައްޗަށް ވެސް ވަނީ މި ދައުވާ އުފުލާފަ އެވެ.

ދައުވާގައި ބުނީ އޮކްޓޫބަރު 31, 2017 ގައި މި ދެ މީހުން, މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މއ. ބްރައިޓްބްލޫގެއަށް ގޮސް އެ ދެ މީހުން ތިބި ކޮޓަރި ފާސްކުރުމުން 20.7422 ގްރާމް ކެނެބިސް ފެނުނު ކަމަށެވެ. އަދި ކައްޓާއެއް ފެނިފައިވާ ކަމަށެވެ. އެ ކޮޓަރިއަށް ފުލުހުން ވަނީ ދޮރު ނުހުޅުވުމުން ތަޅު ހަލާކުކޮށްލައިގެންނެވެ.

އަދި ނަބީލުގެ ގެ ކަމުގައިވާ ގ. ކަމަރާ ފާސްކުރިއިރު 31.3653 ގްރާމް ޑައިމޯފިން ހުރި ކަމަށާ 231.3015 ގްރާމް ކެނެބިސް ހުރި ފިލްމު ހުސްކުރި އަށް ދަޅު ފެނިފައިވާ ކަމަށެވެ. 

ދައުވާއަށް އިންކާރުކުރި, 22 އަހަރަށް ޖަލަށް

މި ދައުވާއަށް އެ ދެ މީހުން ވެސް ވަނީ އިންކާރު ކޮށްފަ އެވެ. ނަމަވެސް މި މައްސަލަ ބެއްލެވި ފަނޑިޔާރު, މުހައްމަދު މިސްބާހު ވަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް އެކަން ސާބިތުވާ ކަމަށް ކަނޑައަޅާ އެ ދެ މީހުން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާފަ އެވެ.

އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މީގެ އިތުރުން އެ ދެ މީހުން 100,000 ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ދުވަސްތެރޭ ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެން ކަމުން އެ މުއްދަތު ކެނޑުމުން ޖަލުގައި ދެން ހޭދަ ކުރަން ޖެހޭނީ 22 އަހަރާއި 9 މަހާއި 8 ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ހުކުމް އިއްވުމުގެ ކުރީން އެ ދެ މީހުން ވެސް ވަނީ ޖަލުގައި ހޭދަކުރި މުއްދަތު އުނިކޮށް ދިނުމަށާއި ޖޫރިމަނާގެ އަދަދު ވީހާވެސް ކުޑަކުރުމަށް އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.