ވީއައިއޭގެ އާ ޓާމިނަލް --
ހަބަރު
07 Jul 2025 | 19:17
ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް

ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖެޓީވީން ވަނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ. ފަސް މިލިއަން ޑޮލަރަށް އެކަން ހަވާލުކޮށްފައި ވަނީ ބަނާނާ ސްޕްލިޓް ކިޔާ ކުންފުންޏަކާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން "ވޮއިސް" އާ ވާހަކަ ދައްކަމުން މިރޭ ވިދާޅުވީ ރާއްޖެ ޓީވީން ފަތުރަމުން ދަނީ ބުހުތާނު ދޮގު ކަމަށެވެ. އެކަން ކުށްވެރިކުރާ ކަމަަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމީ މިފަދަ ބޮޑު ކަމެއްގައި ބުހުތާނު ދޮގު ފަތުރާ އާންމުންގެ މެދުގައި ފިތުނަަފަސާދަ އުފެއްދުމުގެ މައްސަލަ މީޑިއާގެ ކަމާގުޅޭ އިދާރާތަކަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. ލަމްއާން ވިދާޅުވީ ވީއައިއޭ އާ ޓާމިނަލް ހުޅުވުމުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ އެމްއޭސީއެލުންކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް ދަނީ ތައްޔާރު ވަމުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ރަސްމިއްޔާތަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އާ ޓާމިނަލް ހުޅުވުން އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. އާ ޓާމިނަލް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ