އެމްއޭސީއެލްގެ ގަސްއިންދުމުގެ ހަރަކާތް ޓޫރިޒަމް މިނިސްޓަރު ތޯރިގް ފައްޓަވައިދެއްވަނީ..
ހަބަރު
07 Jul 2025 | 20:09
5 މިލިއަން ގަސް ޕްރޮގްރާމަށް އެމްއޭސީއެލުން އެއްލައްކަ ގަސް އިންދުމުގެ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ "5 މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްލައްކަ ގަސް އިންދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްއޭސީއެލުން ގަސް އިންދުމުގެ މި ހަރަކާތް ފަށާފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އައު ޓާމިނަލް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގައެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. ގަސް އިންދުމުގެ ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ ވެރިން ބައިވެރިވަޑައިގަތެވެ. ގަސް އިންދުމުގެ މި ހަރަކާތުގެ ދަށުން އެމްއޭސީއެލުން 100،000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ

"5 މިލިއަން ގަސް" މި ޕްރޮގްރާމަކީ  މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ރައީސް ޑރ.މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގައި އިސްކަންދެނީ ރާއްޖެއިން ނެތެމުންދާ ގަސްތައް ދިރުވައި އާލާކުރުމަށް ކަމަށެވެ. މި ގޮތުން 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގައި އިންދުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގަސް އިންދުމުގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 500،000 ގަސް އިންދާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 5 މިލިއަންގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި މުއައްސަސާތަކުން ވަނީ އެކަމަށް އިޖާބަދީ ގަސް އިންދަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ