އުމުރުން ދުވަސްވީމީހަކު ތަނަކަށްދަނީ.. ފޮޓޯ: ވޮއިސް
ހަބަރު
07 Jul 2025 | 22:03
ޤައުމީ ޔުނިވަރސިޓީން މާލެ ސަރަހައްދުގައި ޑިމެންޝިއާގެ ހާލަތާ ބެހޭ ދިރާސާއެއް ހަދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާލެ ސަރަހައްދަށް ހާއްސަކޮށް ޑިމެންޝިއާގެ ހާލަތާ ބެހޭ ދިރާސާއެއް ހެދުމަށް ނިންމައިފިއެވެ.

ޑިމެންޝިއާގެ ހާލަތު އޮތް ހިސާބު ބެލުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ދިރާސާއާ ގުޅޭގޮތުން އެމްއެންޔޫއިން ބުނެފައިވަނީ، ދިރާސާ ހާއްސަ ކުރާނީ 55 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. ދިރާސާގައި އެމީހެއްގެ ހަނދާނުގައި ކަންކަން ބަހައްޓައި ދަސްކުރުމުގެ ގާބިލިއްޔަތުކަން ހުރި މިންގަނޑު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލެބޯޓްރީ މެދުވެރިކޮށް ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި، ޖެނެޓިކްގެ ސަބަބުން ބަލީގެ ހާލަތު އިތުރުވަމުންދާ މިންވަރު ވަޒަންކުރެވިގެންދާނެއެވެ.

އެމްއެންޔޫއިން މި ދިރާސާ ކުރުމަށް ނިންމާފައިވަނީ އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ދިރާސާގައި އެމީހެއްގެ އިހުތިޔާރުގައި ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަން އެމްއެންޔޫއިން ވަނީ ބުނެފައެވެ. 

އަލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިއަހަރުގެ ތެރޭގައިވެސް އިސްރަށްވެހިންގެ ނާދީގައި ޑިމެންޝިއާ ބައްޔާ ގުޅޭގޮތުން މީހުން އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ. ޑިމެންޝިއާ އަކީ އުމުރުން ދުވަސްވާ މީހުނަށް ދިމާވާ ހަނދާން ނެތުމުގެ ބައްޔަށް ކިޔާ ނަމެކެވެ. މި ބަލީގައި އާއްމު ދިރިއުޅުމަށް އުނދަގޫ ވާވަރަށް ކަންކަން ހަނދާންނެތުމާއި ނިންމުންތައް ނިންމުމަށް އުނދަގޫވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.