ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް: ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2025 | 10:08
ގުޅީފަޅު އެއްބަސްވުމަށް ބަދަލު ގެނައުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރު

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު އެ ސަރުކާރުން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. އެ މައްސަލަ ބަލައިގަތުމަށް 12 މެމްބަރުން ވޯޓުދެއްވި އިރު މައްސަލަ ބަލައިނުގަންނަން 34 މެމްބަރުން ވޯޓުދެއްވިއެވެ.

އެ މައްސަލައިގައި ކުޑޫ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯތިތައް ލިބޭނެ މީހުން ކަނޑައަޅައި، އެ ލިސްޓުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށް، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވަނިކޮށް، އެ އެއްބަސްވުން ހަދައިފައިވަނީ ޤާނޫނާ ފުށުއަރާގޮތަށް ކަމަށް ބުނެ، އެ އެއްބަސްވުން ބަދަލުކޮށްފައިވާ ކަމަށެވެ. 

ކުޑޫ ވިދާޅުވީ، ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ. 

އެކަމަކީ ރައްޔިތުންގެ ބައެއްގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި، މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ވާކަން ފާހަގަކުރައްވައި އޭނާ ވަނީ މަޖިލީހުން އެކަމާއި މެދު ޖަވާބުދާރީކުރުވުމަށް އެ މައްސަލަ ހުށަހަޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ގޯތި އެއްބަސްވުމަށް ބަދަލު ގެނެވުނީ، ކުރިން ހަދާފައިވާ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ. 

އަދި ބިިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ ގާނޫނުގެ އެ މާއްދާތައް މީސްމީޑިއާގައި ހިއްސާވެސް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.