ޕާކިސްތާނުގައި އޮޅުކޮށްގެން ގެންގުޅޭ ސިންގާތަކެއް-
ދުނިޔެ
08 Jul 2025 | 11:00
ޕާކިސްތާނުގައި އޮޅުކޮށްގެން ގެންގުޅުނު ސިންގާއެއް އަންހެނަކާއި ކުޑަދެކުދިންނަށް ހަމަލާދީފި

ޕާކިސްތާނުގެ ޕަންޖާބު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ގޭގައި ގެންގުޅުނު ސިންގާއެއް ފިލައިގެން ގޮސް އަންހެނަކަށާއި ދެ ކުޑަކުދިންނަށް ހަމަލާދީފައިވާ މައްސަލައާ ގުޅިގެން، ޤަވާޢިދާ ޚިލާފަށް ގެންގުޅުނު 18 ސިންގާ ދައުލަތަށް ނަގާފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބުނެފިއެވެ.

މި ހަމަލާއަށްފަހު، އެކަމާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގައެވެ. ޕަންޖާބު ޕްރޮވިންޝަލް ވައިލްޑްލައިފް އޮފިޝަލުން ވިދާޅުވީ، އެ ސިންގާ އަންހެން މީހާގެ ގައިގެ އެކި ތަންތާގައި ވަކި އަޅައި ކުދި އަނިޔާތައް ދީފައިވާ ކަމަށާ، އެ ސިންގާ ހަމަލާދިން ފަސް އަހަރާއި ހަތް އަހަރުގެ ދެ ކުޑަކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށެވެ. ނަމަވެސް، އެކުދިންނަށް ލިބިފައިވާ އަނިޔާ ފުރާނައަށް ނުރައްކާވާ ވަރަށް ބޮޑު ނޫން ކަމަށްވެސް އެ އޮފިޝަލުން ވިދާޅުވިއެވެ.

ޕްރޮވިންޝަލް ވައިލްޑްލައިފް އެންޑް ޕާކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުބީން އިލާހީ ވިދާޅުވީ، ލާހޯރުގެ ގޭބިސީއެއްގައި ލައިސަންސެއް ނެތި ގެންގުޅުނު އެ ސިންގާ ދައުލަތަށް ނަގާފައިވާ ކަމަށާއި، އެ ސިންގާ ވަނީ ސަފާރީ ޕާކަކަށް ފޮނުވާފައި ކަމަށެވެ. އަދި އެ ސިންގާގެ ވެރިފަރާތް ފަހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ސިންގާ ފަދަ ޖަނަވާރުން ގޭގައި ގެންގުޅެ، އެކަން މީސްމީޑިއާގައި އާއްމުކޯސް މަޝްހޫރުކަން ހޯދުމަކީ ޕާކިސްތާނުގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. މިގޮތުން، އެފަދަ ޖަނަވާރުގެ ވެރިފަރާތްތަކުން އާންމުކޮށް މި ޖަނަވާރުތައް އޮންލައިންކޮށް ދައްކާލަނީ މުޖުތަމަޢުގައި އެ މީހުންގެ ދަރަޖަ ރަމްޒުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ.

"ސިންގާ ގެންގުޅުމާ ބެހޭ އާ ޤަވާޢިދުތަކުގައި ބުނެފައިވާ ގޮތުން، ލައިސަންސެއް ނެތި، ޢަމަލުކުރަންޖެހޭ މިންގަނޑުތަކަށް (އެސް.އޯ.ޕީ) ޢަމަލުނުކޮށް، އެއްވެސް ފަރުދަކަށް ސިންގާއެއް ގެންގުޅުމުގެ ހުއްދަ ނުދެވޭނެ،" މުބީން އިލާހީ ވިދާޅުވިއެވެ.

މިފަދަ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކަށް ހަތް އަހަރާއި ހަމައަށް ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވައިލްޑްލައިފް ޑިޕާޓްމަންޓުން ވަނީ 18 ސިންގާ ދައުލަތަށް ނެގުމުގެ އިތުރުން، ސިންގާ ގެންގުޅޭ 38 ތަނެއް ބަލައިފާސްކޮށް، ޤަވާޢިދުތަކާ ޚިލާފުވި އަށް މީހަކު ހައްޔަރުކޮށްފައެވެ. މި ހަފުތާ ނިމުމުގެ ކުރިން ސިންގާ ގެންގުޅޭ އެފަދަ ހުރިހާ ތަނެއް ބަލައިފާސްކުރާނެ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސެއް ކަމަށްވާ ޕަންޖާބުގައި ގޭބިސީތަކާއި، ފާމުތަކުގައި 584 ސިންގާއާއި މިނިކާވަގު ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް