ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ: ފޮޓޯ/ ޓުވިޓާ
ހަބަރު
08 Jul 2025 | 12:34
މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ގެނެވުނު، ޖުމްލަ 148 ކުދިން

މިއަހަރުގެ މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ނެގިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ 3 އަންހެން ކުދިންނެވެ.

އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 148 ކުދިން ތިބިއެވެ. މީގެ ތެރޭގައި ހިމެނެނީ 82 ފިރިހެން ކުދިންނާއި 66 އަންހެން ކުދިންނެވެ.

މެއު މަހު ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލަ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ. އެފަދަ 23 މައްސަލަ ހުށަހެޅިފައިވެއެވެ. ދެން ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެފަދަ 22 މައްސަލަ ހުށަހެޅިފައުވެއެވެ.

މީގެ އިތުރުން އާއިލީ 38 މައްސަލައާއި، ކުދިންގެ އަޚްލާޤީ 32 މައްސަލަ ވެސް މެއި މަހު ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ.

އެ ވުޒާރާގެ ހެލްޕްލައިންތަކަށް މެއި މަހު ޖުމްލަ 2،259 ކޯލު ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މީގެ އިތުރުން، ގެވެށި އަނިޔާގެ 33 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 17 މައްސަލައާއި، ޖިންސީ އަނިޔާގެ 12 މައްސަލަ އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

ހަމަ އެހެންމެ އަމިއްލަ ނަފްސަށް އަނިޔާ ކުރުމުގެ 27 މައްސަލަ މެއި މަހު ހުށަހެޅުނުއިރު، އޭގެ ތެރެއިން 21 އަކީ އަންހެނުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ