މާފަރު އެއާޕޯޓް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވާހަކަ ދައްކަވަނީ: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ހަބަރު
08 Jul 2025 | 14:48
ބޭރުގެ އިންވެސްޓުމަންޓުތަކަކީ ހަމައެކަނި ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ: ޑރ. މުއްޠަލިބު

ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ، ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މާފަރު އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބު ވަނީ ނ އަތޮޅަކީ ދުނިޔޭގެ މަތީފަންތީގެ ރިސޯޓްތައްހުރި އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގަމުންދާ އަތޮޅެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި އެއާޕޯޓާއެކު ނ އަތޮޅަށް އަންނަ ތަރައްގީ އަކީ ހަމައެކަނި ރައްޔިތުން ބަލަން ތިބެންޖެހޭ ތަރައްގީއެއް ނޫން ކަމަށާ އެހެނެއް ކަމަކު، އެއީ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ތަރައްގީ އަކަށްވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

”…އަޅުގަނޑުމެން މިއަދު ކުރަންވީ ސުވާލަކީ ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ ފަރާތްތަމާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތަކާ،  ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރެވޭނެތޯ؟ މީގެ ޖަވާބަކަށް ވާންވާނީ އާއެކޭ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އަންނަ ތަރައްގީއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އުފުލުން.“ ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

މާފަރު އެއާޕޯޓް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ތަކަކީ ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ. އެ އިންވެސްޓްމަންޓް ތަކަކީ އޭގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ލިބޭނެ އިންވެސްޓްމަންޓް ތަކަކަށް ވާންޖެހޭނެ. 

ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް 

އެހެންކަމުން ވަޒީރު ވަނީ، މާފަރު އެއާޕޯޓަކީ އެ އަތޮޅުގެ ޒުވާނުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ”އުދުއްސާލާ ރަންވޭ“ އަކަށް ހެދުމަށް އެދިލައްވާފައެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ، ގައުމުގެ އެންމެ މުހިންމު ބިނާރަކީ ބޮޑެތި މަޝްރޫޢުތަކާއެކު ރައްޔިތުންނަށް ގެނެސްދޭ އުއްމީދު ކަމަށެވެ. އަދި މި ސަރުކާރުން މަސަައްކަތް ކުރަނީ އަންނަން އޮތް ޖީލުތަކަށް އުއްމީދު ގެނެސްދޭ ތަރައްގީ ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ