މާލިއްޔަތު ކޮމިޓީގައި ކަރެކްޝަންސްގެ ވެރިން... ފޮޓޯ: މަޖިލިސް
ހަބަރު
08 Jul 2025 | 17:10
ޖަލަށް ކޮއްތު ފޯރުކޮށްދޭ ފަރާތްތަކަށް 30 މިލިއަނެއްހާ ރުފިޔާ ދޭން އެބައޮތް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި، އޮފިސަރުންނަށް ކޮއްތު ފޯރުޮކޮށްދޭ ފަރާތްތަކަށް 30 މިލިއަނެއްހާ ރުފިޔާ ނުދެވި އެބައޮތްކަމަށް ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީން ހާމަކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ ދެފަރާތުގެ މެދުގައިވެސް ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން މި ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ މާލީހިސާބުތައް ދިނުން ލަސްވަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއާ މުއާމަލާތްކުރެވޭތާ ދުވަސްތަކެއް ވެގެން ހިނގައްޖެކަމަށާއި، ނަމަވެސް މާލިއްޔަތު ކޮމިޓީން ބޭނުންވާ ސުވާލުތަކަށް ކަރެކްޝަނުން ޖަވާބު ނުދެއްވާކަމަށެވެ. 

ނާޒިމް ވިދާޅުވީ، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓްކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާކަމަށް ބުނާއިރު، އެ ހިސާބުތައް މަޖިލީހާ ހިއްސާކޮށްފައިނުވާކަމަށެވެ. ނާޒިމް ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީގެ މާލީކަންކަން ހުރީ ރަނގަޅަށްކަން އެ ކޮމިޓީން ޔަގީންކުރަން ބޭނުންވާަކަމަށެވެ.

ބައްދަލުވުމުގައި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ބޭފުޅުން ވަނީ ގައިދީންނަށް ކާންދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށްފައެވެ. މިގޮތުން ޖަލުގެ ގައިދީންނަށް ފަސްއިރު ކާންދިނުމަށް 9 މެނޫއެއް ހިމެނޭއިރު، މިކަމަކީ އޭގެ ޒާތުގައި ވަރަށްބޮޑު ތަކްލީފްތަކެއް އުފުލަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާތަނަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ޖަލުތަކަށް ގަޑިއަށް ކާތަކެތި ގެނައުންކަމަށާއި، ދީފައިވާ މެނޫއާ އެއްގޮތަށް ކާއެއްޗެހި ނުގެންނަ މައްސަލަ ކަމަށެވެ. އެ މައްސަލަ އެގޮތަށް ދިމާވަމުން އަންނަނީ ފިނޭންސުން އެފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދޭތީކަން ވަނީ ފާހަގަކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ބޭފުޅުން ދެއްކެވި ވާހަކަތަކުން ދޭހަވިގޮތުގައި ގައިދީންނަށާއި، އޮފިސަރުންނަށް ކޮއްތު ފޯރުޮކޮށްދޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 30 މިލިއަން ރުފިޔުާއަށް އަރައެވެ. ގައިދީންގެ ކެއިން ބުއިމުގެ ހަރަދަށް ބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް ބޮލަކަށް 75 ރުފިޔާ ހޭދަކުރެއެވެ. މިއީ މަހަކަށް ބަލާނަމަ 2250 ރުފިޔާއެވެ. ޖަލު ގައިދީންގެ ތެރެއިން ހަކުރު ބަލީގެ މީހުންނަށް ދެނީ ވަކި ހާއްސަ މެނޫއެކެވެ. މިއަދުގެ ބައްދަލުވުމުގައި ކޯޕަރޭޓިވް ސޮސައިޓީގެ ބޭފުޅުން ވަނީ ޓެންޑަރ އުސޫލުން ކޮއްތު ފޯރުކޮށްދޭ ފަރާތްތައް ހަމަޖެއްސުމުގެ ބަދަލުގައި ކޯޕަރޭޓިވް ސޮސައިޓީން އެ މަސައްކަތްކުރުމުން މިކަމުގައި އުފުލަންޖެހޭ ތަކުލީފްތައް ކުޑަކަން ފާހަގަކޮށްފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.