ރާއްޖެ އައި ފަތުރުވެރީންތަކެއް ފުރަނީ
ހަބަރު
08 Jul 2025 | 17:07
ކަނޑުމަތީގެ ހާދިސާތަކުގައި މިދިޔަ 4 އަހަރު 112 ޓޫރިސްޓުން މަރުވި

ކަނޑުމަތީގެ އެކި ހާދިސާތަކުގައި މިދިޔަ 4 އަހަރު 112 ޓޫރިސްޓުން މަރުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ހިސާބުތައް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ހިއްސާ ކުރައްވާފަ އެވެ. ޓޫރިސްޓުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވައިދުތަކާމެދު މަޝްވަރާ ކުރުމަށް ކަމާގުޅޭ ބޭފުޅުންނާ އެކު އޮތް ކޮމެޓީ ބައްދަލްވުމުގައި މެންބަރު މުހައްމަދު އިބްރާހިމް ވަނީ ފުލުހުންގެ އިދާރާ އިން ހޯދި އެ މައުލޫމާތުތައް ހިއްސާ ކުރައްވާ އެއީ ވަރަށް މަތީ ނަންބަރުތަކެއް ކަން ފާހަގަ ކުރައްވާފަ އެވެ.

އަދި ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

މެންބަރު ހިއްސާކުރެއްވި މައުލޫމާތު ގައި ވިދާޅުވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން މަރުވީ ގެނބިގެންނެވެ. ގެނބިގެން 68 މީހަކު ވަނީ މަރުވެފަ އެވެ. ދެން އެންމެ ގިނައީ ޑައިވިން އާއި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި މަރުވި މީހުންނެވެ. މި މުއްދަތުގައި 42 މީހަކު އެފަދަ ހާދިސާތަކުގައި މަރުވެފައިވެ އެވެ.

މީގެ އިތުރުން ޑައިވިން ނުވަތަ ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި އެކި ހާދިސާތައް ހިނގައިގެން ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ބައެއް މީހުން މަރުވީ އުޅަނދެއްގައި ޖެހިގެންނެވެ.

މީގެ އިތުރުން މޫދަށް ވެއްޓި ވެސް އެކަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ