ޝާމް
ހަބަރު
08 Jul 2025 | 19:37
ފެނަކައިގެ ޗެއާމަންކަމަށް ޝާމް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި އަދި ޗެއަރޕަރސަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަނުކުރައްވައިފިއެވެ.

ފެނަކައިގެ ޗެއާމަންކަމުގެ މަގާމަށް ޝާމް އައްޔަނުކުރިކަން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި އަދި ޗެއަރޕަރސަންގެ މަޤާމަށް ނ.ފޮއްދޫ، ޔާޤޫތުގޭ ހުސެއިން ޝާމް އާދަމް އައްޔަނުކޮށްފައިވާކަމަށެވެ. 

.ފެނަކައިގެ ޗެއާމަނެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ އެސްޓީއޯގެ މެނޭޖިންޑ ޑިރެކްޓަރު ޝިމާދު އަލީއެވެ. ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޗެއާމަންގެ ހައިސިއްޔަތުން ދައްކައިދިން ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި، ލީޑަރޝިޕަށް ޝުކުރު އަދާކުރާ ކަމަށެވެ. ފެނަކައިގެ ޗެއާމަނަކަށް ޝިމާދު އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝާމް އައްޔަނުކުރުމާ ގުޅިގެން ފެނަކައިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ޝާމް މިހާތަނަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. ޝާމް ވަނީ މާލީ ވުޒާރާގެ ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ސެންޓަރފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަންކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ޝާމް ވަނީ މީގެ ކުރިން 2016 އިން 2018 އަށްވެސް ފެނަކައިގެ ބޯޑު މެމްބަރެއްގެ މަގާމު ފުރުއްވާފައެވެ. އަދި ވަރލްޑް ބޭންކްގެ ފަރާތުންވެސް ރާއްޖޭގެ މާލީ ދައިރާއަށް ގިނަ މަސައްކަތްތަކެއްވެސް ޝާމް ވަނީ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް