ރާއްޖޭގެ މުހިއްމު މާލީ އިދާރާތަކެއްގެ ނަންބޯޑު
ހަބަރު
08 Jul 2025 | 22:14
ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ޖެހިލައިފި

ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ޖެހިލައިފިއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، އިގްތިސާދު ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ކާމިޔާބީއާއެކު ރާއްޖޭގެ ސުކޫކުގެ އަގު 87.44 އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށެވެ. މިއީ މިއަހަރުގެ އޭޕްރިލްމަހުގެ ކުރީކޮޅު ސުކޫކުގެ އަގު ހުރި 64.72 އަދަދަށްވުރެ ބޮޑު ކުރިއެރުމެއްކަމަށް ފިނޭނުންސުން ފާހަގަކުރިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސުކޫކުގެ އަގު މައްޗަށްދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި އިގްތިސާދީ އަސާސްތައް ހަރުދަނާކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއްކަމަށެވެ. ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ޖެހިލާފައިވާއިރު، ސަރުކާރުން ވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކާފައެވެ.

މި ލޯނު ނަގާފައިވަނީ، 2022 ވަނަ އަހަރު އެމެރިކާގެ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ. ބަޖެޓް ސަޕޯޓަށް އެ ލޯނު ނަގާފައިވަނީ، 7.15 އިންޓަރަސްޓް ރޭޓްގައި 3 އަހަރުދުވަހުގެ ތެރޭގައި އަގުއަދާކުރާގޮތަށް ކަމަށެވެ. ލޯނު ދައްކާ ނިންމާފައިވަނީ އިންޓަރެސްޓާއެކުގައެވެ. އެގޮތުން ލޯނު އަދާކޮށް ނިމުނުއިރު 100 މިލިއަން ޑޮލަރުގެ އިތުރުން 26 މިލިއަން ޑޮލަރު ވަނީ އިންޓަރސްޓްގެ ގޮތުގައި ދައްކާފައެވެ.

ކާގިލްގެ ލޯނު އަދާކުރުމުގެ އިތުރުން ސަރުކާރުން ވަނީ އޭޕްރިލްމަހުގެ ތެރޭގައި ސުކޫކް ކޫޕަން ޕޭމަންޓްވެސް ދައްކާފައެވެ. ފިނޭންސުން ބުނީ، ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.