ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް: ފޮޓޯ/ އެޗްޑީސީ
ހަބަރު
09 Jul 2025 | 09:09
މަގާމާ ހަވާލުވީ، ކަންކަން އިސްލާޙް ކުރަން، އަދިވެސް ބޭނުމީ އެޗްޑީސީއަށް ޚިދުމަތް ކުރަން: މަޢުރޫފް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، އެޗްޑީސީއަށް ގެންނަންޖެހޭ އިސްލާޙްތައް ގެންނެވުމަށް ކަމަށާ، އަދިވެސް ބޭނުންވަނީ އެ ކުންފުންޏަށް ޚިދުމަތްކުރައްވަން ކަމަށް، އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. 

މީގެ ހަތް މަސް ދުވަސްކުރީން ޑިސެންބަރު 22, 2024 ގައި އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި މައުރޫފް, މަގާމުން ރިޔަޓާ ކުރައްވަން ނިންމަވާފައިވާކަން މުވައްޒިފުންނަށް އަންގަވާފައިވާއިރު، އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތަށް ވާހަކަތައް ފަތުރަމުންނެވެ. 

އެހެންކަމުން އެހާ ކުޑަ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވެވަޑައިގެންނެވި ސަބަބު ހާމަކުރައްވައި، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އެމްޑީ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިލެއްވިއިރުވެސް ހުންނެވީ ސެމީ ރިޓަޔަރމަންޓްގައި ކަމަށެވެ. 

ގާތްގަނޑަކަށް ސެމީ ރިޓަޔަރ ކޮށްގެން ހުއްޓާ ރައީސް މި އާދަޔާ ޚިލާފް ފުރުސަތު މި ދެއްވީ. އަޅުގަނޑަކީ ހުޅުމާލެ މީގެ 24 އަހަރުކުރިން އުފެއްދުމުގެ މަސައްކަތުގައި އުޅުނު މީހެއް. އެހެންވީމާ 24 އަހަރުފަހުން އަޅުގަނޑަށް ހުޅުމާލޭގެ އެޗްޑީސީގެ އެމްޑީގެ މަގާމު ގަބޫލު ކުރައްވާނަންތޯ އެއްސެވީމަ، އަޅުގަނޑުގެ ފުރަތަމަ ހިތަށް އެރީ ވަރަށް ޔުނީކް ފުރުސަތެކޭ، މި ފުރުސަތު ދޫކޮށްލައިގެން ނުވާނެ އޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް

މިއާއެކު މައުރޫފް ވިދާޅުވީ، އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރުވެސް އެއީ ވަރަށް ބުރަ މަސައްކަތެއްކަން އެނގިވަޑައިގަންނަވާ ކަމަށާ، އަދި އެމަގާމުގައި އެހާ ގިނަ ދުވަހު ހުންނެވުމުގެ ނިޔަތެއް އޭރުވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ކުޑަ ދުވަސް ކޮޅަކު ނަމަވެސް ޚިދުމަތް ކުރައްވަން ބޭނުންވެވަޑައިގަންނަވާތީ މަގާމާ ހަވާލުވެވަޑައިގެންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ. 

މައުރޫފް ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، މަގާމާއި ހަވާލުވެވަޑައިގެން ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތާއި، އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވި ގިނަ ކަންކަން ހާސިލް ކުރެއްވުނުކަމަށެވެ. 

މީގެ އިތުރުން ރިޓަޔާ ކުރެއްވުމުގެ އުމުރު ކައިރިވެފައި ވަނިކޮށް އެފަދަ މަގާމަކާ ހަވާލުވެވަޑައިގެންނެވި ސަބަބާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ކުޑަ މުއްދަތަކަށް ނަމަވެސް ޚިދުމަތް ކުރައްވައި ކަންކަން އިސްލާޙް ކުރައްވަން ބޭނުންވެވަޑައިގެންނެވި ކަމަށެވެ. 

މިކަމަށް އައުމުގެ އެއް ސަބަބަކީ، ކަމުގެ މުހިންމު ކަމާއި، އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމުގެ ބޭނުމުގައި. ރައީސް އަކު ރިކުއެސްޓް ކުރެއްވީމާ އެ ބަލައިގަންނަން ޖެހޭނެ. އަދި ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް ކޮށްދެވޭނެކަންކަން ހުރިކަން ޔަގީންވާތީ. މިހާރުވެސް އަޅުގަނޑު ރިޓަޔާ ކޮށްފައި އަނެއްކާވެސް ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒާ ނޫނީ ކޮންމެސް މަގާމެއްގައި ކޮންޓިނިޔު ކުރަން. ހަމަސް ދުވަހަށް ނަމަވެސް ޓާގެޓް ކޮށްފައި ހުރިކަންކަން ކުރެވޭނެ ނަމަ ކީއްވެތޯ ނުކުރަންވީ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް

މައުރޫފަށް އެޗްޑީސީގެ ހިންގެވުން ހަވާލުކުރެެއްވީ ކުރިން އެމަގާމުގައި ހުންނެވި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ފަޒުލް އިސްތިއުފާ ދެއްވީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ބޮޑެތި ހިޔާނާތްތަކެއްގެ ތުހުމަތު ކުރެވިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.