މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް- ފޮަޓޯ/ އައިޖީއެމްއެޗް
ހަބަރު
09 Jul 2025 | 10:44
މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފެށޭނެ: ޙަލީމް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިމަހުގެ ތެރޭގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. 

އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ބޮޑުކޮށް، ކުރިއަށްއޮތް ތަނުގައި އޭގެ ނާޖާއިޒްފައިދާ އަމިއްލަ ކުންފުނިތަކުން ނެގިޔަ ނުދިނުމަށް، އައިނު ހެއްދުމުގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މެއި މަހު އިއުލާން ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއީއޯ ޙަލީމް ވިދާޅުވީ، އައިނު ހެދުމުގެ ޚިދުމަތަށް މިހާރުވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރަމުންދާ ކަމަށެވެ. އެކަން ކުރަމުންދިޔައީ ޕްރައިވެޓް ކުންފުނިތަކުން ކަމަށާ، އަދިވެސް އެ ކުންފުނިތަކަށް އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޙަލީމް ވިދާޅުވީ ސަރުކާރުން އައިނު ހެދުމުގެ ޚިދުމަތް ދޭން ނިންމާފައިވަނީ ވިޔަފާރިއެއްގެ ގޮތަށް ނޫން ކަމަށާ، އެހެނެއް ކަމަކު އެ ޚުދުމަތަށް އާސަންދައިން ކަނޑައަޅާފައިވާ މިންވަރުގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. 

ރައްޔިތުންނަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން، ހިލޭ އައިނު ލިބޭނެ ގޮތެއް މި ހަދައިދެނީ. ފެންވަރު ރަނގަޅު އައިނު. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް

އެގޮތުން ފުރަތަމަ އައިނު ފިހާރަ ހުޅުވާނީ އައިޖީއެމްއެޗްގައި ކަމަށާ، ކައިރި މިސްތަގުބަލެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރަ ހުޅުވިގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އެފަހުން، ކުރިއަށް އޮތް ތަނުގައި ރީޖަނަލް ހޮސްޕިޓަލް ތަކުގައިވެސް އައިނު ފިހާރަތައް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުމަށް. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވިގެންދާނެ." 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް

ރައްޔިތުން ބޮޑުއަގުގައި ނަމްބަރުއައިނު ހައްދަމުންގެންދާ މައްސަލަ ހައްލު ކުރުމަށް އާސަންދައިގެ ފަރާތުން ކަވަރ ކޮށްދެމުން އަންނަ 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.