ކެންދޫ ގޮނޑުދޮށަށް މުށިމަސް ލައްގާފައި- ފޮޓޯ/ ކެންދޫ މަސްވެރިން
ހަބަރު
09 Jul 2025 | 12:58
ކެންދޫ ގޮނޑުދޮށަށް މަރުވެފައިވާ ގިނަ އަދަދެއްގެ މުށިމަސް ލައްގަނީ

ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސްތައް މަރުވެގެން ރަށުގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ. 

ކެންދޫ ކައުންސިލްގެ މެންބަރު އަހުމަދު އައްޒާމް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގެ ވަށައިގެން މުށިމަސް އައިން އޮންނަތާ ގާތްގަނޑަކަށް 4 މަސް ވެދާނެ ކަމަށެވެ.

އަދި މީގެ ކުރިންވެސް ދޭތެރެއިން މަސް މަރުވެފައި ހުންނަކަން ފާހަގަވާ ކަމަށާ، އާދަޔާ ޚިލާފަށް ގިނަ މަސް މަރުވެފައިވާކަން ފާހަގަކުރެވެންފެށީ ފާއިތުވި ތިން ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މަސްތައް މަރުވެގެން ގޮނޑު ދޮށަށް ލައްގާތީ، ކައުންސިލުން އެ ތަކެތި ނަގައި ސާފު ކޮށްފައިވާ ކަމަށާ، މިއަދު މަރުވެފައިވާ މަސްތަކުގެ އަދަދު މިދިޔަ ތިން ދުވަހާއި ބަލައި މަދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މެންބަރު އިތުރަށް ވިދާޅުވީ މި މަސްތައް މަރުވާ ސަބަބު އަދި ސާފު ނުވާ ކަމަށާ، އެހެން ނަމަވެސް މި މައްސަލަ އީޕީއޭ އަށާއި އެންވަޔަމަންޓް މިނިސްޓްރީއަށް މިހާރު ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ.

އަދި ލަފާ ކުރެވެނީ މަސްތައް މަރުވަނީ އޮކްސިޖަން މަދުވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

”ރަށުގެ ވަށައިގެން މަސްތައް އުޅެނީ. މަރުވެގެންވެސް އެކި ސަރަހައްދު ތަކަށް ލައްވެފައި ހުރި. ރަށު ވަށައިގެން ތޮށިޖަހާފައި އޮންނަނީ. އަދި މިދިޔަ ދުވަސް ކޮޅަކީ ވަރަށް ހޫނުވެސް ގަދަ ދުވަސްކޮޅެއް. އެއްފަހަރާ އެހާ ގިނަ މަސް ފަޅުގައި އުޅޭއިރު، އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވެގެން މަރުވަނީ ކަމަށްވެސް ބެލެވޭ“ ކައުންސިލް މެންބަރު ވިދާޅުވިއެވެ. 

މީގެ ކުރިންވެސް ކެންދޫ ފަޅުތެރެއަށް ވަންނަ މަސް މަރުވެގެން ގޮޑު ދޮށަށް ލައްގާ މައްސަލަ ދޭތެރެއިން ފެންމަތިވާ ކަމަށް އެ ރަށު މީހުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.