އަނިޔާގެ ފޮޓޯއެއް.. ފޮޓޯ: އޭއައި
ހަބަރު
09 Jul 2025 | 14:49
ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް ފިރިހެނުންނަށް ކުރާ އަނިޔާ އިތުރު: އެޗްއާރުސީއެމް

ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް ފިރިހެނުންނަށް ކުރާ އަނިޔާ އިތުރުވަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެޗްއާރުސީއެމުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަޑައިގެން 2023 އަދި 2024 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓުތަކާ ގުޅޭގޮތުން ތައްޔާރުކުރި މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެޗްއާރުސީއެމުން ހުށަހެޅި ރިޕޯޓަށް ބަލާއިރު، އަހަރުން އަހަރަށް އަނިޔާ ލިބޭ ފިރިހެނުންގެ އަދަދު ހުރިހާ އުމުރު ފުރައަކުންވެސް ވަނީ ވަރަށްބޮޑުތަން ވަނީ އިތުރުވެފައެވެ.

އެޗްއާރުސީއެމްގެ ރިޕޯޓަށް ބަލާއިރު 2023 ވަނަ އަހަރު އެ އިދާރާއަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ އަންހެންކުއްޖަކަށް އަނިޔާކުރިކަމުގެ މައްސަލަ ހުށަހެޅިއިރު ފިރިހެންކުދިންގެ އަދަދަކީ 16 އެވެ. އަދި މިދިޔަ އަހަރު 10 އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ހުށަހެޅިއިރު، އަނިޔާލިބިގެން 20 ފިރިހެންކުއްޖެއްގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

އަނިޔާލިބޭ މީހުންގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން އަނިޔާލިބޭކަމުގެ ރިޕޯޓްކުރަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުންނަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އަނިޔާލިބިގެން 118 ފިރިހެނެްގެ މައްސަލަ ރިޕޯޓްކުރިއިރު، އެ މުއްދަތުގެ ތެރޭގައި އަނިޔާ ލިބުނު އަންހެނުންގެ އަދަދު އުޅެނީ 113 ގައެވެ.

އެޗްއާރުސީއެމުން ނެރެފައިވާ މިދިޔަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ހައްގުތައް ގެއްލިގެން އެންމެގިނައިން ރިޕޯޓްކޮށްފައިވަނީވެސް ފިރިހެނުންނެވެ. އެގޮތުން ހައްގުތައް ގެއްލިގެން 40 ރިޕޯޓް ލިބުނުއިރު، އޭގެ ތެރޭގައި ހައްގުތައް ގެއްލުނު ފިރިހެނުންގެ އަދަދު އުޅެނީ 625 ގައެވެ. އަދި ހައްގުތައް ގެއްލުނު އަންހެނުންގެ އަދަދަކީ 158 އެވެ.

ހައްގު ގެއްލިގެން އެޗްއާރުސީއެމަށް ލިބުނު ރިޕޯޓްތަކުގެ ތެރެއިން އެންމެގިނައިން ހުށަހަޅާފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބައެއް ހައުސިން މަޝްރޫޢޫތަކާ ގުޅޭ މަްސަލަތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.