ސިވިލް ސާވިސް ކޮމިޝަން- ފޮޓޯ/ ދިޔަރެސް
ހަބަރު
10 Jul 2025 | 11:16
28 ކައުންސިލަކަށް ސެކެރެޓަރީ ޖެނެރަލުން ހޯދަނީ، މުސާރަ 16،000 އިން މަތީގައި

28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން އިއުލާނު ކޮށްފި އެވެ.

އެސްޖީންނަކީ ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. 

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައި ވާގޮތުން،  އެސްޖީއިން ހޯދަނީ، ދެ ދަރަޖައަކަށް ކަމަށެވެ. އެގޮތުން، އެއް ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ، ޖުމްލާ 16،100 ރުފިޔާ ލިބޭނެއެވެ.

ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ، ޖުމްލަ 15،285 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓުވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އެސްޖީން ހޯދާ ރަށްތައް

އެ މަގާމަށް އެދި ހުށަހަަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ މި މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސީއެސްސީއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ.

ސީއެސްސީން އިތުރަށް ބުނީ، އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގައި ކަމަށާ، އިންޓަވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. 

އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި އެ މަގާމަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާންމުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.