މާފަންނު ސަހަރާގެ ގަބުރުތައް ނަގައި ސާފުކުރަނީ---ފޮޓޯ/ ވޮއިސް
ހަބަރު
10 Jul 2025 | 12:07
ކުޅިވަރުކުޅޭ ތަންތަނާއި މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

ޤަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މައްޔިތާގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އިސްލާމްދީނުގައި މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުމުގެ ޙުކުމް ހާމަކޮށް ފަތުވާ މަޖިލީހުން މިއަދު އާންމުކުރި ފަތުވާގައި ބުނެފައިވަނީ، މިކަމަކީ އެތަކެއް ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމެއްކަމަށެވެ.

ފަތުވާ މަޖިލީހުން އާންމުކޮށްފައިވާ ފަތުވާގައި ބުނެފައިވާ ގޮތުގައި، މާތްالله ވަނީ އާދަމްގެފާނުގެ ދަރިފަސްކޮޅު އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައިވާ ކަމަށެވެ. އަދި މިމަތިވެރިކަމަކީ އިންސާނާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫންކަމަށާ އިންސާނާ މަރުވުމަށްފަހުވެސް މި އިޙުތިރާމު ދެމި އޮންނަ ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފަ އެވެ.  

ދަލީލުތަކާއެކު ފަތުވާ މަޖިލީހުން މިއަދު އާންމު ކުރި ފަތުވާގައި ބުނެފައިވާ ގޮތުގައި، މިކަމަކީ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމެއްކަމުން ކުޅިވަރުކުޅޭ ތަންތަނާއި، ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމުގެ ބޭނުމުގައި ވަޅުލެވިފައިވާ މައްޔިތާގެ ހުރުމަތް ކެނޑޭ ގޮތަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދަނުވާނެ ކަމަށެވެ.

ފަތުވާ މަޖިލީހުން މިކަމާއި ގުޅިގެން ފަތުވާއެއް ނެރެފައިވާއިރު، މާލޭގެ ބައެއް ބޮޑެތި ސަހަރާތަކުގައި ވަޅުލާފައިވާ މީހުންގެ ކަށިތައް ނަގައި, ބިންތައް ސާފުކޮށް, ޕާކާއި ކުޅިވަރުކުޅޭ ތަންތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން  ފާހަގަކޮށްލަންޖެހޭ އެވެ.

އެގޮތުން މާފަންނު ސަހަރާ ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނަކާއި ބާސްކެޓު ކޯޓް ހެދުމުގެ މަސައްކަތްކުރަމުން އަންނައިރު، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ޕަރކިންގ ޒޯނެއް ހެދުމުގެ ވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ފޮއި
ގަބުރުސްތާނުން ބައެއް ނަގައި ޕާކިންޒޯނާއި މައިދާންތައް މިހާރު ހަދާފައިވާ އެތައް ދުވަހެކެވެ. ފަތުވާމަޖިލީހުގެ ރައީސް މިނިސްޓަރު
10 Jul 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.