މާލޭގެ ވިޔަފާރި ބަނދަރު. ފޮޓޯ/ ގޫގުލް---
ހަބަރު
10 Jul 2025 | 14:47
ޓްރާންސްޕޯޓް މިނިސްޓްރީން ނޯތު ހާބަރު އެމް.ޕީ.އެލް އާއި ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މާލޭގެ ނޯތު ހާބަރު ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަށް ހަވާލުކޮށްފި އެވެ.

މިކަމާ ގުޅިގެން އެމް.ޕީ.އެލް އިން ބުނެފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއިއެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން މި ދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދުގެ ހިންގުން ޓްރާންސްޕޯޓް މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުފަހަރަށް 1 އޮގަސްޓް 2025 ވަނަ ދުވަހަށްފަހު އެމް.ޕީ.އެލް އިން ޚިދުމަތްނުދޭނެކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން މި ސަރަހައްދުގައި އަޅާފައިވާ އޮޑި ދޯނިފަހަރުގެ ތެރެއިން މިހާރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އޮޑި ދޯނިފަހަރު، މި ތާރީހުގެ ކުރިން މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް އެމް.ޕީ.އެލް އިން ވަނީ އެދިފަ އެވެ. 

ނޯތު ހާބަރުގައި ކޮންމެ ދުވަހަކުވެސް އެތަކެއް މުދާ އުފުލާ އޮޑި ދޯނިފަހަރު ބަނދަރުކުރުމުގެ އިތުރުން ކޮންމެ ދުވަހަކު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ނޯތު ހާބަރަށް ވަދެ ނުކުމެ އުޅޭ ތަނެއްކަން ފާހަގަކޮށްލަންޖެހެ އެވެ.

އަލަށް ގެނެވުނު މި ބަދަލާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅާ މައުލޫމާތު ސާފުކުރަން އެމް.ޕީ.އެލް އިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.