ޕާކިސްތާނަށް ނިސްބަތްވާ މަސައްކަތްތެރިންގެ ބަޔަކު ސައުދީގެ ޓަވަރެއް ސާފުކުރުމުގައި... ފޮޓޯ: ސްކްރޯލް އިން
ދުނިޔެ
10 Jul 2025 | 19:23
ރެމިޓަންސް އާމްދަނީގެ ގޮތުގައި ޕާކިސްތާނަށް 38.3 ބިލިއަން ޑޮލަރު

އެހެންޤައުމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނަށް ނިސްބަތްވާ މީހުން މިދިޔަ އަހަރު އެޤައުމަށް ފޮނުވި ފައިސާގެ އަދަދު 38.3 ބިލިއަން ޑޮލަރަށް އަރާކަމަށް ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރެމިޓަންސް ފައިސާގެ ގޮތުގައި 38.3 ބިލިއަން ޑޮލަރު ލިބުނުއިރު، މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު، 26.6 އިންސައްތައިގެ އިތުރުވުމެކެވެ. އެއަހަރު ރެމިޓަންސް ފައިސާގެ ގޮތުގައި ޕާކިސްތާނަށް 30.3 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ޕާކިސްތާނުގައި މާލީ އަހަރު ގުނަނީ ޖުލައިމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށެވެ.

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރެމިޓަންސްގެ ގޮތުގައި އެންމެބޮޑު އާމްދަނީއެއް ލިބުނީ، ސައުދީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ރެމިޓަންސްގެ ގޮތުގައި އިނގިރޭސިވިލާތް އަދި އެމެރިކާއިން ލިބުނު އާމްދަނީވެސް ވަނީ އިތުރުފައެވެ.

ޕާކިސްތާނަށް ރެމިޓަންސް އާމްދަނީ އެންމެގިނައިން ލިބުނު ޤައުމުތައް:

- ސައުދީ އަރަބިއާ: 823.2 މިލިއަން ޑޮލަރު

- ޔުނައިޓެޑް އަރަބި އެމިރޭޓްސް: 717.2 މިލިއަން ޑޮލަރު

- އިނގިރޭސިވިލާތް: 537.6 މިލިއަން ޑޮލަރު

- އެމެރިކާ: 281.2 މިލިއަން ރުފިޔާ

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން އާއްމުކުރި މި ތަފާސްހިސާބާ ގުޅޭގޮތުން ޕާކިސްތާނުގެ  ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް ވަނީ ރެމިޓަންސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދާމެދު ހިތްހަމަ ޖެހުން ފާޅުކޮށް، މިއީ އެޤައުމުގެ އިޤްތިސާދަށް ލިބިގެންދާނޭ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ޝެހެބާޒް ވަނީ ޕާކިސްތާނުގެ މަސައްކަތްތެރިންނަށް ތައުރީފް ކުރައްވައި މިއީ ބޭރުޤައުމުތަކުގައި ދިރިއުޅެމުންދާ ޕާކިސްތާނުގެ ރައްޔިތުން އެޤައުމުގެ އިޤްތިސާދަށް ކުރާ އިތުބާރުގެ ހެތްކެއްކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން ބޮޑުވަޒީރު ޝެހެބާޒް ވަނީ ޕާކިސްތާނުގެ އިޤްތިސާދު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވައި، އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެންމެބޮޑު އިސްކަމެއްދެނީ ދެމެހެއްޓެނިވި އިޣްތިސާދެއް ބިނާކުރުމަށް ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް