އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު މާލެ ގެނެއުން...
ހަބަރު
13 Jul 2025 | 18:20
އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސްފި

އއ. މާޅޮހުގައި އަނިޔާވެރި ހަމަލާތަކެއްދީގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ގެނެސްފިއެވެ.

މާޅޮހު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ހަށިގަނޑު، ހަވީރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާއިރު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިއުމަށެވެ. އަބްދުއްރަހްމާނުގެ ހަށިގަނޑު ގެނައި ލޯންޗުން އާއިލާގެ ބައެއް މެމްބަރުންވެސް ވަނީ މާލެ އައިސްފައެވެ.

އަބްދުއްރަހްމާން މަރުވެފައިވަނީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކަކާ ގުޅިގެން ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާތަކެއް ދިންކަން އެނގުނީ މެންދަމުގެ ދޭއް ޖަހާ އެހާކަންހާއިރު އޭނާގެ އަންހެނުންނަށެވެ. ޢަބްދުއްރަހްމާނަށް ހަމަލާދިން ރޭ އޭނާ ނިދަން އޮތީ އެހެން ކޮޓަރިއެއްގައިކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. އޭނާއަށް ހަމަލާދިންއިރު އަންހެނުން ނާޒިމާ އިބްރާހިމް އޮތީ ނިދާފައެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރޭ ދެމަފިރިން ނިދީ ވަކިންނެވެ. އަނބި މީހާއަށް ހޭލުވުނީ މީހަކު ދުވެ ފިލާ އަޑަށް ކަމަށާއި ފިރިމީހާ ނިދާފައިއޮތް ކޮޓަރި ބެލުމުން އޭނާއަށް ބޮޑެތި ޒަހަމްތަކެއްދީފައިވާއިރު، އެހިސާބުން ފުލުހުންނަށް ރިޕޯޓްކުރިކަމަށް މާޅޮހުން ވޮއިސްއަށް މައުލޫމާތުދި މީހާ ބުންޏެވެ.

ފުލުހުން ވަނީ އެގެއަށް އާއްމުނަށް ނުވަދެވޭނޭހެން ބަންދުކޮށްފައެވެ. މާޅޮހަށް އަރައި ފައިބާ މީހުންގެ މައުލޫމާތު ސާފްކުރަމުންދާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހްގީގުކުރަމުންނެވެ.

ކޮމެންޓް
ދިރާސާ
ކީއްވެ ވަކި ކޮޓަރިޔަށް ދިޔައީ ތިކަމުގާ ވަރަށް ބޮޑެތި ސުވާލު ތަކެއް އުފެދޭ. ތިކަމުގައި އަންހެނުންގެ ދައުރެއް އޮތީބާ ނޫނީ ގޭތެރެއިން ކުރި ކަމެއްބާ. ނޫނީ އެގެޔަށް ދުރުން ބަޔަކު އައިސް ހިންގި ކަމެއްބާ.
13 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން