އާމިނަތު ވިދާދް
ކުޅިވަރު
13 Jul 2025 | 20:56
ޤައުމީ ކެރަމް މުބާރާތް: އަންހެން ސިންގަލް ޗެންޕިއަންކަން ދިފާއުކޮށް ވިދާދް ރެކޯޑް ހަދައިފި

މިހާރު ކުރިއަށްދާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެންޕިއަންކަން ހަތްވަނަ ފަހަރަށް ކާމިޔާބުކޮށް، އާމިނަތު ވިދާދް ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.

ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ހުސައިން ނީޝަމް އާއި ހަސަން ނާޒިމް އަދި އަންހެން ސިންގަލްސް ޗެންޕިއަންކަ ވިދާދްގެ އިތުރުން ޝަޒްނާ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ޤައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ވިދާދް ވަނީ ޤައުމީ ސިންގަލްސް ޗެންޕިއަންކަން، 2017، 2018، 2019، 2021، 2022 އަދި 2024 ވަނަ އަހަރު ހޯދާފައެވެ. އަދި ފާއިތުވެދިޔަ ނުވަ އަހަރުތެރޭގައި ޤައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި އަށް ފަހަރު ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން ވިދާދް ބަލިވީ 2023 ވަނަ އަހަރުގެ ފައިނަލުގައި އެކަންޏެވެ. އެފަހަރު ވިދާދް ބަލިކޮށް ޗެންޕިއަންކަން ހޯދީ އާމިނަތު ވިޝާމާ އެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މިއަދު ހަވީރު ކުޅުނު އަންހެން ސިންގަލްސް ފައިނަލް މެޗު ވިދާދް ކާމިޔާބުކުރީ ފަހަތުންއަރައި، 2-1 ގެ ނަތީޖާއަކުން އައިޝަތު ނަހުފާ ބަލިކުރުމަށްފަހު އެވެ.

ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓުގައި 24-17 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނަހުފާ އެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 21-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިދާދް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ފަސޭހަކަމާއެކު 8-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ ވިދާދް ވަނީ ޗެންޕިއަންކަން ދިފާއުކޮށްފައެވެ.

މީގެ އިތުރުން ވިދާދު އަދި ނަހުފާ ވަނީ މިމުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ޗެންޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑަށް ހޯދައިދީފައެވެ. ނަމަވެސް މިދެ ކުޅުންތެރިންގެ ޕެއާ ވަނީ އަންހެން ޑަބަލްސް ފައިނަލުގައި ބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.