އައިޖިއެމްއެޗް
ހަބަރު
14 Jul 2025 | 10:39
ރޭގެ އެކްސިޑެންޓް: ދުވަން ނިކުމެ އުޅުނު މީހާ ވެންޓިލޭޓަރުގައި

މާފަންނު ބަސް ޓާމިނަލް ކައިރީ ބޮޑުތަކުރުފާނުމަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭން ފަށައިފިއެވެ.

މިކަން އައިޖީއެމްއެޗުން މީޑިއާއަށް ކަށަވަރުކޮށްދީފައިވާއިރު، އެމީހާއަށް ވަނީ ސީރިއަސްަ އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އެމީހާގެ ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުންވެސް ޒަހަމްތައް ވަނީ ލިބިފައެވެ. އޭނާ ސައިކަލްގައި ޖެހުނީ ކަސްރަތަށް ދުވަން ނިކުމެ، މަގުހުރަސްކުރަން އުޅުނު ގަޑީގައެވެ. އެކްސިޑެންޓްގައި ސައިކަލުގައި އިން ދެ ޒުވާނުންގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު، އަނެއް ޒުވާނާއަށް ވޯޑުގައި ބާއްވައިގެން ދަނީ ފަރުވާދެމުންނެވެ. އެ ޒުވާނާގެ ހާލުވެސް ސީރިއަސްއެވެ.

ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ދުވަން ނިކުމެ އުޅުނު މީހަކު ކުއްލިއަކަށް މަގުހުރަސްކުރަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލް ވެއްޓުމާއެކު ޖެހިގެންއޮތް ލޭނަށް ކަހާލައިގެން ދިޔަވަގުތު ވަނީ ޕިކަޕެއްގައިވެސް ޖެހިފައެވެ. ޕިކަޕް ވަގުތުން ކޮންޓްރޯލްކުރި ނަމަވެސް ސައިކަލް އޮތީ ޕިކަޕްގެ ދަށުގައެވެ. 

ރޭ 8:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.

ފުލުހުން ދަނީ އެކްސިޑެންޓް ތަހްގީގްކުރަމުންނެވެ. ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ، އަސުރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.