މަގޫދޫ އެއަރޕޯޓަށް ދީފައިވާ ގެއްލުންތަކެއް---- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
14 Jul 2025 | 10:42
މަގޫދޫ އެއަރޕޯޓުގެ އިމާރާތެއްގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފި

ފ. މަގޫދޫގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްހަމީދު މޫސާ، "ވޮއިސް އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އެ އެއަރޕޯޓްގެ ފަޔާ ސްޓޭޝަން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ ގޮތުން އެ އިމާރާތުގެ ކުޑަ ދޮރުތަކުގެ ބިއްލޫރިގަނޑުތައް ތަޅާލާފައިވާ ކަމަށާއި، އަދި ސީލިންގ ވެސް ފަޅާލާފައިވާ ކަމަށް އަބްދުލްހަމީދު މޫސާ ވިދާޅުވި އެވެ.

މަގޫދޫ އެއަރޕޯޓަށް ގެއްލުން ދީފައިވަނީ އަދި ކޮންބައެއްކަން ހޯދިފައިނުވާ ކަމަށާއި އެއަރޕޯޓަށް ގެއްލުން ދިން ކަމަށް ޝައްކުވާ ބަޔަކު މިވަގުތު ނެތް ކަމަށް އަބްދުލްހަމީދު މޫސާ ވިދާޅުވި އެވެ. އެއަރޕޯޓުގެ މަސައްކަތްކުރާ ސަރަހައްދުގައި އެމްޓީސީސީގެ ދެ މުވައްޒަފަކު ފިޔަވައި އިތުރުބަޔަކު ނޫޅޭ ކަމަށާއި އެހެންކަމުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ވަކި ހާއްސަ ބަޔަކު ނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް އިއްޔެގެ ވަގުތެއްގައި ތަޅާލި މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުންނެވެ. މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުންބުންޏެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށްވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

މަގޫދޫ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު އެވެ. މި މަޝްރޫއު އަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. މި މަޝްރޫއަށް 450 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިވަގުތު މަޑުޖެހިފައި އޮތް ނަމަވެސް އެއާޕޯޓުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމުމަށްފަހު ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ މެއި މަހު ވަނީ ވިދާޅުވެފަ އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ