ދިއްދޫގެ ބަނދަރެއް މަތީ ދޮށީ އުމުރުގެ މީހަކު ދެ ކުއްޖަކާ އެކު -- ފޮޓޯ: ޒުވާން މަސްވެރިޔާ
ހަބަރު
14 Jul 2025 | 15:02
ޕަބްލިކް ވާކްސް ޔުނިޓް ގާއިމުކުރާނެ އިތުރު 14 ރަށެއް ކަނޑައަޅައިފި

ޕަބްލިކް ވާކްސް ޔުނިޓް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިނުވާ 14 އަތޮޅުގައި އެކަމަށް ހާއްސަ ރަށްތައް ކަނޑައަޅާ އިއުލާނު ކޮށްފި އެވެ. 

ރައްޔިތުންނާއި ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ހިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ރަށްރަށުގެ މަގުތައް މަރާމާތު ކުުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ހަދަން ޖެހޭ މަގުތައް ހެދުމަށްޓަކާ ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ އާންމު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންމެ އަތޮޅަކުން ރަށެއް ކަނޑައަޅަން ނިންމި އެވެ.

މިހާތަނަށް 14 އަތޮޅެއްގައި އޮތީ ރަށެއް ކަނޑަ ނާޅާ އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން މިއަދު ވަނީ އެ 14 ރަށް ކަނޑައަޅާފަ އެވެ.

ޕަބްލިކް ވަރކްސް ޔުނިޓް ޤާއިމުކުރާނެ ރަށްތަކަކީ ހއ. ދިއްދޫ އާއި ށ. ފުނަދޫ އާއި ނ. މަނަދޫ އާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. ތުލުސްދޫ އާއި އއ. ރަސްދޫ އާއި އދ. މަހިބަދޫ އާއި ވ. ފެލިދޫ އާއި މ. މުލި އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ތ. ވޭމަންޑޫ އަދި ގއ. ވިލިނގިލިއްޔެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން ބުނީ މި ރަށްތައް ކަނޑައެޅުމުގައި އާންމު މިންގަނޑެއް ކަމަށް ބަލާފައިވާނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށް ކަމަށެވެ. އަދި ބުނީ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން އާންމު ހިދުމަތްދޭ ޔުނިޓްތައް ގާއިމު ކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ