އަހާ ފޯރަމްގައި ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ހަބަރު
15 Jul 2025 | 10:57
އޮގަސްޓް މަހުން ފެށިގެން ފަންނާނުންނަށް ހިލޭ އެހީ ދޫކުރަނީ

އަންނަ އޮގަސްޓް މަހުން ފެށިގެން ފަންނާނުންނަށް ހާއްސަކޮށް ހިލޭ އެހީއެއް ދޭން ނިންމާފައިވާކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރަމުން އަންނަކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދާ އަހާ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި މި ފެށޭ އޮގަސްޓް މަހުން ފެށިގެން ފަންނާނުންނަށް އެ އެހީ ދިނުމަކީ އަމާޒެއްކަމަށާ، މި އެހީއަށް އެދޭ ޕޯޓަލް މެދުވެރިކޮށް، އެހީއަށް އެދެވޭނެ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

"ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ ފުރަތަމަ ބެޗު ފަށަން އުންމީދުކުރަނީ އޮގަސްޓުގައި. އެކަމަށް އުސޫލުތައް ތައްޔާރު ކުރެވިއްޖެ. އެކަން މިކުރަނީ ޕޯޓަލްއެއް މެދުވެރިކޮށް. ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގަ ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓު ކުރަން ޖެހޭނެ."

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ޕްރޮޑަކްޝަން ހައުސް ހުޅުވާލައި، ފަންނާނުންނަށް އެތަނުގެ ބޭނުން ހިފޭނެ ގޮތަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށާއި ކުރިއަށް އޮތްތަނުގައި ފަންނާނުންނަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނަ ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަންނާނުންނަށް އެހީތެރިވުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.