ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން---
ހަބަރު
15 Jul 2025 | 12:14
އެއްބަސްވުން ބާތިލު ކުރުމަށް ފަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށަނީ

ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ފަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދާ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވެފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބިފައިވާ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ގޯތި ދޭން ޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާއިރު، ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމަށްޓަކައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާކަމަށެވެ. މީގެ އިތުރުން ބޮސްކާލިސް ކުންފުނީގެ އެދުމަށް ގިރާވަރު ފަޅުގެ އިތުރު މަސައްކަތްތަށް ކުރުމަށް، 15 މިލިއަން ޑޮލަރު ވެސް ދީފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

"ދެން އެފަރާތުން ޑިމާންޑް ކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ޑިމާންޑްކުރާ އަދަދަށް ފައިސާ ދިނުމަށް. ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް."

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވި އެވެ.

ސަރުކާރުން ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށްފަހު ގިރާވަރު ފަޅުން ގޯތިދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވި އެވެ.

އަދިހަމައެހެންމެ، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތަކުން ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ސަބަބުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ރިވައިސް ކުރުމަށްފަހު ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ޑރ މުއްޠަލިބު ވިދާޅުވި އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ