ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Jul 2025 | 13:26
ވެރިކަމާ ހަވާލުވިއިރު އައު ޓާމިނަލްގެ އެތެރޭގެ މުހިންމު މަސައްކަތްތައް ހުރީ ހަވާލުވެސް ނުކޮށް: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އައު ޓާމިނަލްގެ އެތެރޭގެ މުހިންމު ބައެއް މަސައްކަތްތައް ކުރަން އެއްވެސް ފަރާތަކާ ހަވާލުވެސް ނުކޮށް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން މިއަދު ގެނެސްދިން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންތިޤާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަމަށާ، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވި ފަދައިން، އައު ޓަރމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުކަމަށެވެ. 

އަދި އެ މަޝްރޫޢު ނިންމުމަށް މީގެ ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ކަމަށާ، ނަމަވެސް، އެކި ގޮންޖެހުންތަކާ ހެދި އެ ތާރީޚަށް ނުނިމުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިހާރު މި ޓާމިނަލް މިނިވަން ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

”އަޅުގަނޑަށް އެނގޭނީ (ޓްރާންސިޝަން މަރުހަލާގައި) އަޅުގަނޑު އެތަނަށް ދިޔައިރު އެތަން އޮތްގޮތް. އިމާރާތުގެ ސްޓްރަކްޗާ ބޭރުން ނިންމާފައި ހުރި.. އެކަމަކު އެތެރޭގެ ގިނަކަންކަން އަދި ހުރީ ކުރަންވެފައި. ޓާމިނަލް އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. އެ ޕްރޮޖެކްޓްގެ ސްކޯޕްގެ ތެރެއިން އެއްވެސް ފަރާތަކާ ހަވާލު ނުކުރާ އެތައްކަމެއްވެސް ހުރި“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

މިގޮތުން ރައީސް ފާހަގަކުރެއްވީ، އެއަރޕޯޓް ޓާމިނަލް ބޭނުންހިފުމަށްޓަކައި އެންމެ މުހިންމު ”ހެޑް އޮފް ސްޓޭންޑް މަގު“ (މައިބަދަ) އެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު، އެ މަގު ހެދުމަށްޓަކައި ބަޔަކާ ހަވާލުކޮށްފައެއް ނެތް ކަމަށެވެ. އަދި މި މަގު ހެދުމަށް ހަވާލުކުރީވެސް މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ޓާމިނަލްގައި ޑިއުޓީ ފްރީއާއި ކޮމާޝަލް ސަރަހައްދުތައް ތަރައްޤީ ކުރުމަށް ވެސް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

”ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ބިންމަތިވެސް ހުރިހާ ތަނެއްވެސް ހަމަ ދޫކޮށްލާ ގޮތަށް އޮތީ އެއްވެސް ކަމެއް ނެތޭ އެތާ ހަވާލުކޮށްފަ،“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނާއި،  އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައިވެސް އައު ޓާމިނަލްގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެމަނިކުފާނާ ވެރިކަން ހަވާލުވިއިރު ޓާމިނަލް މަޝްރޫޢުގެ ނިމިފައި އޮތީ ގާތްގަނޑަކަށް 54% ނުވަތަ 57% މަސައްކަތް ކަމަށާ، އޭގެ ތެރޭގައިވެސް މަގު ހެދުމާއި ޑިއުޓީ ފްރީ ސަރަހައްދުތައް ނުހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިއުޓީ ފްރީ ސަރަހައްދު ހަވާލުކޮށްފައިވާ ފަރާތުން ޖުލައި މަހު ޓާމިނަލް ހުޅުވާއިރު ބޭނުންވާ މިންވަރަށް ނިންމާނެ ކަމަށާއި، އަދި ސެޕްޓެންބަރުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިމޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ