މިނިސްޓަރ މާރިއާ އާއި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ... ފޮޓޯ/ އެގްރިކަލްޗަރަލް މިނިސްޓްރީ
ހަބަރު
16 Jul 2025 | 14:57
ރުއްގަހަށް ދިމާވާ ފަނިފަކުސާގެ މައްސަލައަށް ހައްލު ހޯދުމަށް ޗައިނާއިން އެހީ ވަނީ

ރާއްޖޭގައި ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެކަމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައެވެ. ޗައިނާގެ އެހީގައި ރުއް ގަހަށް ދިމާވާ ފަނިފަކުސާގެ މައްސަލައަށް ހައްލުގެނައުމަށް، އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވަނީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާއެވެ.

މި އެއްބަސްވުމަކީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ޗައިނާ ގުޅިގެން ހިންގާ ފުރަތަމަ މަޝްރޫޢުއެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެ އަށް ކަމާގުޅުންހުރި ތަޖުރިބާކާރުން ފޮނުވައިގެން ތަމްރީނާއި އިރުޝާދު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގައި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަނެވޭނެ ފަދަ ލެބޯޓްރީއެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ރާއްޖޭގައި އެފަދަ ލެބޯޓްރީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ފެހި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރާއްޖޭގައި ރުއްގަހުގެ ބަލިތަކާއި، ފަނިފަކުސާތަކުން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ރާއްޖޭގައި ގަސް ހައްދާ މީހުންގެ އާމްދަނީ އިތުރުކުރުމެވެ. 

ޑރ. މާރިޔާ ވަނީ ރާއްޖޭގައި ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، ދަނޑުވެރިކަމުގެ ދާއިރާއިން ޗައިނާގެ ތަޖުރިބާކާރު ފަރާތްތަކާއެކު ތަމްރީނު ހޯދުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަން އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރުއްގަހަށް ދިމާވާ އެހެނިހެން ބޮޑެތި ބައެއް މައްސަލަތައްވެސް ތަޙްލީލު ކުރުމަށްވަނީ މަޝްވަރާކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު، ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށް ބަލިތައް ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ