މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ހަބަރު
16 Jul 2025 | 21:44
މިނިވަން ފަސްދޮޅަހުގެ ޖަލްސާއަށް ކުރީގެ ރައީސުންނާއި ނައިބުންނަށް ދައުވަތު

މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދައުވަތު އަރުވަން ނިންމައިފި އެވެ.

ވޮއިސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާ ތައްޔާރު ވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ. މި ޖަލްސާއަށް ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދައުވަތު އަރުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިނިވަން ދުވަހަކީ މުޅި ދިވެހި ޤައުމުގެ ދުވަހެއް. މި ސަރުކާރުގެ ސިޔާސަތަކީ ގައުމީ ޚިދުމަތުގެ އަގުވަޒަން ކުރުން. ގައުމުގެ ހިދުމަތްތެރީންގެ އަގުވަޒަން ކުރުން," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- 

މިނިސްޓަރު ވިދާޅުވީ މި ގައުމަށް ހިދުމަތް ކުރައްވާފައިވާ ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ހައްގު އިހްތިރާމާއި ގަދަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ގައުމަށް ގެންނަވަން ބޭނުންފުޅުވާ އަހްލާގީ ބަދަލުގެ އެއް ނަމޫނާ ކަމަށެވެ.

މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަަހު އެވެ. މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރެވެ. އެ މުނާސަބާ ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމާފައިވާއިރު މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާ އޮންނާނީ 26 ވަނަ ދުވަހުގެ ރެ އެވެ.

މިނިވަން ކަމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާއި ގުޅުވާ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ވެސް ދަނީ ތައްޔާރު ވަމުންނެވެ. އެ ރަސްމިއްޔާތަށް ވެސް ހުރިހާ ރައީސުންނަށް ދައުވަތު ދިނުމަށް ވަނީ ނިންމާފަ އެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.