މިރޭގެ ޖަލްސާގައި މަތީން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2025 | 22:05
އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަކަށް ނެތް: މަތީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އިދިކޮޅު އެމްޑީޕީއަށް ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މަތީން މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ -- ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަތީން ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލްގެ މަޝްރޫއު އަކީ މިހާރު އޮތް ސަރުކާރުގެ ފިކުރު ގައި އުފެދުނު ފުރަތަމަ ސަރުކާރުގައި ފެށި މަޝްރޫއުއެއް ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތް ނިމި ހުޅުވަނީ އެ ފިކުރުގެ ދެވަނަ ސަރުކާރުގައި ކަމަށެވެ.

އެމްޑީޕީން ދިވެހީންގެ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަން އެމްޑީޕީގެ ދެ ވެރިކަމުގައި އަމަލު ކުރި ގޮތުން އޮތީ ފެންނަން ކަމަށް ވެސް ވިދާޅުވި އެވެ. އެއް ވެރިކަމުގައި އެއާޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނީ ކަމަށާ ދެވަަނަ ވެރިކަމުގައި އެއާޕޯޓް ތަރައްގީކުރަން ފެށި މަސައްކަތް ނިންމާ ނުލެވުނު ކަމަށެވެ.

މިރޭގެ ޖަލްސާގައި މަތީން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް

މިއަދު އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވޭއިރު ދެވަނަ ރަންވޭއެއް ހެދުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީގެ ވެރިކަމުގައި ގެންގުޅެފައި ނުވާ ކަމަށާ އެމްޑީޕީއަަކީ އިގްތިސާދު ފުޅާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް އޮތް ބައެއް ނޫންކަން އެކަމުން ދޭހަވާ ކަމަށެވެ.

"އެެހެންވީމަ އެ ބޭފުޅުން (އެމްޑީޕީގެ ވެރީން) މެމޮރީ ރިފްރެސް ކޮށްލަން ޖެހޭ. ކުރަން ވަން އުޅުނު ކަމަކާ މިހާރު އެތަނުގައި (އާ ޓާމިނަލް) އަށް ވެފައި އޮތް ގޮތަކާ,"

މިރޭގެ ޖަލްސާ -- ފޮޓޯ: ވޮއިސް

އެމްޑީޕީގެ ހުރިހާވެސް ވިސްނުމަކީ އެއާޕޯޓް އަޅަން ވެސް އަދި ހިންގަން ވެސް ބޭރު މީހުން ގެނައުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އެއީ ނޫން ކަމަށް ވިދާޅުވި އެވެ.

"މިއީ ދިވެހީން ތަރައްގީ ކޮށްފައިވާ ދިވެހީންގެ އެއާޕޯޓެއް. މި އެއާޕޯޓް ހުޅުވިގެން މި ދަނީ އަޅުގަނޑުމެންގެ ވެރިކަމެއް,"ު މަތީން ވިދާޅުވި އެވެ.

މަތީން ތަކުރާރުކޮށް ވިދާޅުވީ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ