އުއްތަމަ ފަނޑިޔާރު އަލް އުސްތާޒު މުޢުތަސިމް އަދުނާނު-- ފޮޓޯ/ ވޮއިސް
ހަބަރު
17 Jul 2025 | 16:01
އަންނަ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވަނީ

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު, ޝަރަފުވެރިކަމާއެކު ވަަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ މުއުތަސިމްގެ ހުށައެޅުއްވުމާ މެދު ގޮތް ނިންމަވާފަ އެވެ. އެ ގޮތުން އަންނަ ހޯމަ ދުވަހު, ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ވަނީ ނިންމަވާފަ އެވެ. އެ ނިންމުމާ އެކު ރަސްމީ ހައިސިއްޔަތުން މުއުތަސިމް, ކޯޓަށް ދެން ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ފަނޑިޔާރުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވޭނީ އެ ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ނަމަ އެވެ. މީގެ ކުރީން ބައެއް ފަނޑިޔާރުންނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ފެބްރުއަރީ 17 ވަނަ ދުވަހު ވަނީ ދެއްވާފަ އެެވެ. ވަކީލުން ހުވާކުރުމަށް އެ ދުވަހު އޮތް ރަސްމިއްޔާތެއްގައި މުއުތަސިމް ވިދާޅުވީ މިހާރު "ދުވަސް" ވެއްޖެ ކަމަށެވެ. 

އަދި މަގާމުގައި ދެން މާގިނަ ދުވަހު ދެމި ނުހުންނަވާނެ ކަމަށް އިޝާރާތަކަށް ފުދޭ ފަދަ މޭރުމަކުން ވިދާޅުވީ އެފަދަ ރަސްމިއްޔާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ދެން ފެނިވަޑައިނުގެންފާނެ ކަމަށެވެ. 

މުއުތަސިމަކީ, މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެ މަގާމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާާރެވެ. އޭގެ ކުރީން އެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުން މަގާމުން ވަކި ކުރެއްވީ އެވެ. ބައެއް ބޭފުޅުން މަގާމުން ވަކި ކުރެއްވީ ބޮޑެތި ތުހުމަތުތައް ވެސް ކުރެއްވުމަށް ފަހު އެވެ.

ސުޕްރީމް ކޯޓަށް އަނެއްކާ ބަދަލުވަނީ

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އަވަސް ބަދަލުތަކެއް އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓްގެ ގިނަ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރެއްވި އެވެ. ބައެެއް ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތައް ކުރެވި ޖަލުގައި ބަންދު ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މުޅި ސުޕްރީމް ކޯޓް އެއްކޮށް ބަދަލު ކުރެއްވި އެވެ.

މިހާރު ހިނގަމުންދާ ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓް ބަދަލުވުމުގެ މަރުހަލާ އެބަ ހިނގަ އެވެ. މިހާރުވެސް އެ ކޯޓްގެ އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވި އެވެ. ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ މައްސަލައެއް ބަލަން ފެށުމުންނެވެ.

ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ކަަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަނީ ވަކި ކުރައްވާ އާ ފަނޑިޔާރުން ލައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ވަކިވެވަޑައިގަތުމުން ދެން ތިއްބަވާނީ ކުރީގެ ދެ ފަނޑިޔާރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ