އެޗްޑީސީ ހެޑްކުއާޓާސް: ފޮޓޯ/ ވޮއިސް---
ހަބަރު
17 Jul 2025 | 16:45
ކަސްޓަމަރުންގެ ކްރެޑިޓް މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަން ފަށައިފިން: އެޗްޑީސީ

ފްލެޓްތަކަށް ކަސްޓަމަރުން ކުލި ދައްކަމުންދާ ގޮތުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ޔުނިޓާ ހިއްސާކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ނެރެފައިވާ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމާ ހިއްސާކޮށްފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލީ ގާބިލުކަން އިތުރުކުރެވުމުގެ އިތުރުން އެކުންފުނިން އާންމުންނަށް ދެމުންއަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދާނެކަމަށެވެ.

އަދި ހަމައެހެންމެ، މިބަދަލާއި އެކު، އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ އެއްވެސް ކަސްޓަމަރެއް، އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވަލުއޭޓް ކުރަމުންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ވަނީ ހުރިހާ ކަސްޓަމަރުން ވެސް ގަވާއިދުން ފައިސާ ދެއްކުމަށް ހަނދާންކޮށްދީފަ އެވެ.

އަދިހަމައެހެންމެ، އެޗްޑީސީން ވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަށް ކުންފުނީގެ ކަންކަން ބައްޓަން ކުރުމަށް ކަސްޓަމަރުނާއި އާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކުން ދެމުންއަންނަ އެއްބާރުލުން ފާހަގަކޮށްފައެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓްތަކަށާއި ރަށްރަށުގައި ދޫކޮށްފައިވާ ރޯހައުސްތަކަށް ކުލި ނުދެއްކުން އާއްމުވެފައިވާއިރު، ހަމައެކަނި ހިޔާގެ އެޕާޓްމަންޓްތަކަށް މަހުކުލީގެ ގޮތުގައި ނުލިބިވާ އަދަދު 700 މިލިއަން ރުފިޔާއަށްވުރެ މަތިކަމަށް އެޗްޑީސީގެ ހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭގެ ކްރެޑިޓް ލިސްޓްގައި ކުލިނުދައްކާމީހުންގެ ނަންތައް ހިމެނުމުން ކުރިއަށް އޮތްތަނުގައި އެފަދަ ފަރާތްތަކަށް ބޭންކްތަކުން ލޯނު ހޯދުމާއި އެނޫންވެސް މާލީގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމުގައި ހުަރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. ކްރެޑިޓް ހިސްޓްރީ ރަނގަޅު ނޫންނަމަ، ބޭންކްތަކުގެ އިތުރުން ލީސިން ކުންފުނިތަކުން މިހާރުވެސް އެމީހަކަށް ލޯނާއި ކްރެޑިޓް އުސޫލުން ހިދުމަތެއް ނުދެއެވެ.

ކުލި ނުދައްކާ މައްސަލާގައި އެޗްޑީސީން ނޯޓިސް ފޮނުވަމުންދިޔަ ނަމަވެސް އަދި މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ނަމަވެސް ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އެޗްޑީސީން ފަހިކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ