ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް: ފޮޓޯ/ ވޮއިސް---
ހަބަރު
19 Jul 2025 | 09:30
ވީއައިއޭގެ އައު މާސްޓަރ ޕްލޭނަށް ސެޕްޓެމްބަރު މަހުގެ ފަހުން ތަންފީޒުކުރަން ފެށޭނެ: ޝަރީފު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު މާސްޓަރ ޕްލޭން އަންނަ ސެޕްޓެމްބަރު މަހުގެ ފަހުން ތަންފީޒުކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް އިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވެފައިވަނީ ވީއައިއޭގެ އައު މާސްޓަރ ޕްލޭން ލިބުމާ އެކު އޭގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށާނެ ކަމަށާއި ފްރީ ޒޯން ފަދަ ކަންކަމަށް އައު މާސްޓަރ ޕްލޭންގައި ރިޢާޔަތް ކޮށްފައިވާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ އައު މާސްޓަރޕްލޭން ލިބުމާއެކު އޭގައި ބަޔާންކޮށްފައިވާގޮތަށް އިތުރު ކަންކަންކުރަން ފެށިގެންދާނޭކަމަށެވެ. މިގޮތުން ޑޮމަސްޓިކް ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން ސަރވިސް އެއްފެންވަރެއްގައި ދޭންޏާ ޑޮމެސްޓިކް ޓަރމިނަލް ވެސް އެބަޖެހޭ ރަނގަޅުކުރަން

ޝަރީފް ވިދާޅުވި އެވެ.

ވީއައިއޭގެ އައު ޓާމިނަލާއި އަދި  މާސްޓަރ ޕްލޭންގައި ކުރުމަށް ހިމަނާފައިވާ ކަންކަން ފުރިހަމަވެގެން ދިއުމުން ފަތުރުވެރިންނަށް އެތަކެއް ގޮތަކުން ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. ވީއައިއޭ އިން ޚިދުމަތް ހޯދާ ފަރާތްތަކުގެ %95 އަކީ ފަތުރުވެރިންނެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ އައު ޓަރމިނަލްގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގުތިޞާދު 5.2 އިންސައްތަ އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، އެމްއޭސީއެލުން އަންނަނީ، އައު ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ވީއައިއޭގެ މާސްޓާޕްލޭނެއް ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި އިފްތިތާހްކޮށްފައެވެ. އައު މާސްޓާޕްލޭން ތައްޔާރުކޮށްފައިވަނީ އަހަރަކު 6 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނޭކަމަށް ބަލައިގެންނެވެ. ވީއައިއޭގެ އައު މާސްޓަރޕްލޭން ތައްޔާރުކޮށްފައިވަނީ، އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ މަތިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ