އެމްއެމްއޭ
ހަބަރު
19 Jul 2025 | 09:41
ޖޫންގެ ނިޔަލަށް ބޭންކްތަކަށް 364 މިލިއަން ޑޮލަރު މާރުކޮށްފި: އެމްއެމްއޭ

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބޭންކްތަކަށް 364 މިލިއަން ގިނަ ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ބޭންކިން ނިޒާމުގެ ތެރެއަށް ބޭރުފައިސާ ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކްތަކަށް މާރުކުރުމަށް ލާޒިމްކޮށްފައެވެ. އެމްއެމްއޭއިން ބުނީ ޖެނުއަރީމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ބޭންކްތަކަށް މާރުކުރި ޑޮލަރުގެ އަދަދު 364 މިލިއަން ޑޮލަރަށް އަރާއިރު، އެ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށެވެ.

މަރުކަޒީ ބޭންކުން އާއްމުކުރި މައުލޫމާތަށް ބަލާއިރު މީގެ ކުރިން ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ފާއިތުވި ހަތަރު އަހަރުގައި ހުރީ 10 އިންސައްތައިގައެވެ. ނަމަވެސް، ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މި އަދަދު 21 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ބޭރުފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން އެމްއެމްއޭ އަށް 90 އިންސައްތަ ގެނެވޭއިރު، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށް ޓަކައި އޭގެ 60 އިންސައްތަ ބޭނުންކުރާކަމަށް އެމްއެމްއޭއިން ބުންޏެވެ. މި ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައިވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަންޏަށް ދައްކާފައިވާ އަދަދަށްވުރެ 51 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭއިން ވަނީ މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ މިންވަރު %60 އިން %90 އަށް އިތުރުކުރުމަށް ނިންމާފައެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭއިން ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ޓޫރިޒަމް ވިޔަފާރިކުރާ ކުންފުނިތަކުން މިހާރު، މަހެއްގެ މައްޗަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާކުރަން ޖެހެއެވެ. ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު، ނުވަތަ އެފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ