އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް---

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ޑރ.މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކަރ، ރައިޓް އޮނޮރަބަލް ސަރ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގަންނަވަ އެވެ. މި ބޭފުޅުންނާއެކު ރައީސް ވަނީ މުހިއްމު ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރެއްވާފަ އެވެ. 

އޭގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، އަދި ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދެއްވާ އެއްބާރުލުމާ ގުޅޭ ގޮތުންވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. އެގޮތުން ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެ އާއި އިނގިރޭސި ވިލާތާއި ދެމެދު ފަސްދޮޅަސް އަހަރުވީ ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް