ތ.ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޙިދުމަޠް ފެށުން | ފޮޓޯ : ޑީއެންއާރް
ހަބަރު
19 Jul 2025 | 15:20
ތ. އަތޮޅު ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޙިދުމަތް ފަށައިފި

ތ. އަތޮޅު ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓްްްް ކުރުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން އެކްސްގައި ކުި ޕޯސްޓެއްގައި ބުނީ ވޭމަންޑޫގައި އައިޑީކާޑް ޕްރިންޓްުކުރުމުގެ ހިދުމަތް ދިނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށެވެ. އެގޮތުން ވޭމަންޑޫ އަކީ މި ހިދުމަތް ދޭން ފެށި 27 ވަނަ ރަށެވެ. މި ކަމަކީ ވޭމަންޑޫގައި ދިރިއުޅޭ ރައްޔިތުންއަށް އަވަސް އަދި ފަސޭހަ ގޮތެއް ހަމަޖެއްސުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ޑީއެންއާރުން ފާހަގަކުރިއެވެ.

މިހިގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށަކުން އައިޑީކާޑު ދޫކުރުމުގެ ހިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޡަށް ވާސިލުވުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ސަރުކާރުން ވަނީ ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައި ދިވެހި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މެލޭޝިއާގައި ވަނީ މިއަހަރުގެ އޭޕްރިލްމަހު އައިޑީކާޑާއި ޕާސްޕޯޓް ހަދައިދިނުމުގެ މަސައްކަތް ފަށާފައެވެ.

މެލޭޝިއާގެ އިތުރުން ގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައިވެސް އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް